މަސައްކަތް
ނަންބަރު: (IUL)23-AP/1/2014/187
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:25
ސުންގަޑި:
23 ސެޕްޓެންބަރު 2014 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފޮތެއް ޗާޕުކޮށް ވިއްކާނެ ފަރާތެއް ހޯދުމަށް
"ބްލޫ ޕްރިސްކްރިޕްޝަން ފޯރ ކޮންޓްރޯލް ޑްރަގްސ" ގެ ފޮތް ޗާޕުކޮށް ވިއްކާނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 23 ސެޕްޓެންބަރު 2014 ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ސެޕްޓެންބަރު 2014 ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
21 ޛުލްޤަޢިދާ 1435
16 ސެޕްޓެންބަރު 2014