ޢާންމު މަޢުލޫމާތު
ނަންބަރު: ( IUL )241-A/241/2022/13
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2022
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 12 ޖޫން 2022 00:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.އަތޮޅުކައުންސިލްއިދާރާގެ އާ ލޯގޯ ފަރުމާކޮށް ދޭނެފަރާތެއް ހޯދުމަށް އެދި

                  

               ނަންބަރ. (IUL)241-A/241/2022/13   

އިޢުލާން

މިއިދާރާގެ ރަސްމީ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން.   

                 މިއިދާރާގެ އާ ލޯގޯ ފަރުމާކުރުމަށް ކުރެވުނު ނަންބަރ( 16-03-2022 ) (IUL)241-A/241/2022/8 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް ބިޑްހުށަހަޅާފައިނުވާތީ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.

                 ވީމާ، މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން 01 ޖޫން 2022ވާ ބުދަ  ދުވަހުގެ 13.00އަށް       މިއިދާރާގައި ރަޖިސްޓްރި ކުރެއްވުންއެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށްޓަކައި ތިރީގައި މިދަންނަވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ ޕްރޮކިއުމެންޓް އީމެއިލް )  (  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީ ކޮޕީ .

ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ އީ މެއިލް އެޑްރެސް .

ގުޅޭނެ މޮބަލް ނަންބަރ.

                 ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ލޯގޯ ހެދުމާއި ގުޅޭ މަޢުލޫމާތު ދެވޭނެއެވެ. މިމަސައްކަތާއި ބެހޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 04 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 13:00ގައެވެ. ގއ. އަތޮޅުކައުންސިލް އިދާރާގައެވެ.  ލޯގޯ ފަރުމާކޮށްދިނުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް 12 ޖޫން 2022ވާ ހޯމަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އޮންލައިންކޮށް ހުށަހަޅާ ބިޑްތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ

                 މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެ ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. ލޯގޯ ފަރުމާކުރުމުގެ މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ. ނަމަވެސް ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮތް

  • ހުށަހަޅާ އަގަށް            50%
  •  މުއްދަތު               15%
  • ހުށަހަޅާ ޑިޒައިނަށް          35%  

                މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ. .

                25 ޝައްވާލް    1443ހ.      

                26   މެއި     2022 މ.

                                                                             

26 މޭ 2022