ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)235-VAC/235/2022/5
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2022
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 09 ޖޫން 2022 11:00
ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރުނީޗަރާއި ފާހާނާއަށް ބޭނުންވާ ތަކެތި ގަތުން

މި ކައުންސިލަށް ތިރީގައި މިވާ ތަކެތި ގަންނަން ބޭނުންވެއްޖެ

 

ފެލިދެއަތޮޅު ސްޓޭޓްހައުސްގެ މަރާމާތުތަކަށް ބޭނުންވާ ތަކެތި ގަތުމަށް ބޭނުންވެއްޖެއެވެ.  

 

      ވީމާ، މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 9 ޖޫން 2022  ވާ ބުރާސްފަތި ދުވަހުގެ  11:00  ގެކުރިން  ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އޮންލައިންކޮށް މެއިލްއަށް ހުށަހަޅާ ޕްރޮޕޯސަލްތައްވެސް ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ.  ސައިޕްލައިކޮށްދިނުމަށް ބޭނުންވާ ތަކެތީގެ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

 

     ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބޭނުންފުޅުވާ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7 ޖޫން 2022 ހޯމަ ދުވަހުގެ 14:00 ގެ ކުރިން ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޕްރޮޖެކްޓްސް ސެކްޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.

 

ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު: 

ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ،

ފޯން: +960-6700502، ވައިބަރ: +960-7949275، އީމެއިލް: [email protected] 

26 މޭ 2022