ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު:TEB/2014/118
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
1. މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ބޭނުމަށް، ގއ.ވިލިނގިލީ ފުލުހުންގެ މަރުކަޒުގައި މަސައްކަތްކުރައްވާ ފުލުހުންނާއި ޤައިދީންނަށް ކައްކައި ކާންދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 3 ޖުލައި 2014ގައި ކުރެވުނު އިއުލާން ނަންބަރު IUL)13-K/13/2014/235) އާ ގުޅިގެން މި މިނިސްޓްރީއަށް ހުށަހަޅައިފައިވާ ބިޑްތައް ބާޠިލުކޮށް، މިދެ މަރުކަޒުގައި ތިއްބަވާ ފުލުހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައި ނުވަތަ ގއ. ވިލިނގިލީ ފުލުހުންގެ މަރުކަޒުގައި 30 ސެޕްޓެންބަރު 2014ވާ އަންގާރަ ދުވަހުގެ 14:30 ކުރިން ނަން ނޯޓް ކުރެއްވުން އެދެމެވެ.
2. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 13 އޮކްޓޫބަރު 2014ވާ ހޯމަ ދުވަހުގެ 14:00ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައާއި އަދި ގއ.ވިލިނގިލީ ފުލުހުންގެ މަރުކަޒުގައެވެ. ބިޑް ހުޅުވުން އޮންނާނީ 20 އޮކްޓޯބަރ 2014ވާ ހޯމަ ދުވަހުގެ 14:00ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައާއި އަދި ގއ.ވިލިނގިލީ ފުލުހުންގެ މަރުކަޒުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
3. މި ޕްރޮޖެކްޓްގެ ބީލަންފޮތް މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
4. މިޕްރޮޖެކްޓް ކާމިޔާބުކުރާ ފަރާތުން ކައްކައި ކާންދިނުމުގެ ކަންތައްތައް އިންތިޒާމު ކުރަންޖެހޭނީ ގއ.ވިލިނގިލީގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.
5. ކައްކައި ކާންދިނުމުގެ އެއްވެސް ޕްރޮޖެކްޓެއްގައި އެއްވެސް ސަބަބަކާހުރެ އެގްރީމަންޓް ބާޠިލު ކުރެވިއްޖެނަމަ، އެ އެގްރީމަންޓް ބާޠިލުކުރެވުނު ތާރީޚުން ފެށިގެން 1އަހަރުދުވަސް ވަންދެން އެކްސްޕީރިއެންސަށް މާކްހެއް ނުދެވޭނެއެވެ.
6. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކަށް މާކްސް ދެވޭގޮތް:
- މާލީ ތަނަވަސްކަން (ދެވޭ ޖުމްލަ މާކްސް 30، ފާސްވާ މާކްސް 15)
- ތަޖުރިބާ (ދެވޭ މާކްސް 20، ފާސްވާ މާކްސް 10)
- ޓެކްނިކަލް (ދެވޭ މާކްސް 5)
- މެނޫތަކަށް ހުށަހަޅާ އަގު (ދެވޭ މާކްސް 45)
7. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްކަށް މާކްސް ދެވޭ ގޮތުގެ އިތުރު ތަފުސީލު މިމިނިސްޓްރީގެ ޢާންމު އިޢުލާން ނަންބަރު IUL)13-K/13/2013/227)ފ(24 އޮކްޓޫބަރު 2013)ގައި ވާނެއެވެ.