ކުއްޔަށް ދިނުން
ނަންބަރު: (IUL)240-ADS/240/2022/35
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2022
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 13 ޖޫން 2022 10:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. މެދުވިނަގަނޑު (މާވަށް ފަޅުތެރެ) ވަގުތީގޮތުން ބެލެހެއްޓުން ޙަވާލުކުރުމާއި ގުޅޭ

ލ. މެދުވިނަގަނޑު (މާވަށް ފަޅުތެރެ) ވަގުތީގޮތުން ބެލެހެއްޓުން ޙަވާލުކުރުމާއި ގުޅޭ:

މިއިދާރާގެ ބެލުމުގެ ދަށުގައިއޮތް ތިރީގައި މިދަންނަވާ ފަޅުރަށް ވަގުތީގޮތުން ބެލެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތް ތަކުން އެކަމަށްއެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމާއިގުޅޭ މަޢުލޫމާތު ކަރުދާސް އަދި ފަޅުރަށް ވަގުތީ ގޮތުން ބެލެހެއްޓުން ހަވާލުވުމަށް އެދި ހުށަހަޅާ ފޯމު މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

#

ރަށް

ފޯމް ނުވަތަ ބިޑު ހުށަހެޅުމާއި ކެނޑުން

01

މެދުވިނަގަނޑު (މާވަށް ފަޅުތެރެ)

13 ޖޫން 2022، ހޯމަ ދުވަހުގެ 10:00

 

 

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިރަށަށް ކަނޑައެޅިފައިވާ ހަމަވަރުވާއަށްވުރެ ކުޑަ ނުވާނެހެން ކުލި ބަޔާންކުރުމާއިއެކު ފަޅުރަށް ވަގުތީގޮތުން ބެލެހެއްޓުން ޙަވާލުވުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރައްވައިގެން 13 ޖޫން 2022 ވާ ހޯމަ ދުވަހުގެ 10:00 އަށް މި ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުމަށް ދަޢުވަތު އަރުވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6800713  ފޯނާއި ގުޅުއްވުން އެދެމެވެ.

26 މޭ 2022