ދިވެހިރާއްޖެ
އިޢުލާން
އޮތޯރިޓީގެ ބޭނުމަށް އިމާރާތެއް ކުއްޔަށް ހިފުން
މި އޮތޯރިޓީއިން 19 އޭޕްރިލް 2022 ގައި ކުރެވުނު ނަންބަރ: IUL201-B/1//2022/12 އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި އޮތޯރިޓީގެ ބޭނުމަށް 700 އަކަފޫޓައްވުރެ ކުޑަނޫން އިމާރާތެއް 1 އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައި ބަޔާންކުރެވިފައިވާ ގަޑިއަށް އޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ތަފްޞީލް |
ތާރީޚް |
ގަޑި |
އަންދާސީ ހިސާބު ހުށަހެޅުން (އޮތޯރިޓީގެ (ވެލާނާގެ 2 ވަނަ ފަންގިފިލާ) މީޓިން ރޫމް) |
07 ޖޫން 2022 ވާ އަންގާރަ |
14:00 |
މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3027200 / 3027201 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. ނުވަތަ އޮތޯރިޓީގެ މެއިލް އެޑްރެސް: [email protected] އަށް މެއިލް ކުރެއްވުންއެދެމެވެ.
26 މެއި 2022