ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)22-PU/22/2021/139
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2022
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 16 ޖޫން 2022 23:59
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
2023-2022 ވަނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރއަށް ކުރެޑިޓަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުން

އިޢުލާން

2023-2022 ވަނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރއަށް ކުރެޑިޓަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުން:

1. 2022-2023 ވަނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް ޝައުޤުވެރިވެލައްވާ، ވިޔަފާރިކުރުމުގެ ހުއްދަ އޮތް ފަރާތްތަކުން މިމިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލަމެވެ.   ސްޓޭޝަނަރީ ވައުޗަރއަށް ތަކެތި ދޫކުރެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

2. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން "ސްޓޭޝަނަރީ ވައުޗަރއަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2022 ޖޫން 16 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

3. ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށްއެދި ހުށަހަޅާނީ ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

"ސްޓޭޝަނަރީ ވައުޗަރއަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" ގެ ލިންކު: https://forms.gle/Rp6Vxng5fUhRQmhJA

4. 2021 ވަނަ އަހަރު ދަރިވަރުންނަށް ސްޓޭޝަނަރީ ވައުޗަރ ދޫކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުންވެސް، 2022-2023 ވަނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް އަލުން ރަޖިސްޓްރީކުރަންޖެހޭނެ ވާހަކަ ދެންނެވީމެވެ.

5. މިއިޢުލާނާއެކު "ސްޓޭޝަނަރީ ވައުޗަރއަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" އަދި، "ސްޓޭޝަނަރީ ވައުޗަރުތަކުގެ ލިސްޓް" އެޓޭޗް ކުރެވިފައިވާނެއެވެ.

6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                          

ފޯން: 9997721 / 7986664

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected],[email protected]

26 މޭ 2022