ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މި އޭޖެންސީގެ ދަށުން ހުޅުމާލޭގައި ހަދަމުންގެންދާ ހާފްވޭހައުސްގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރި ނަންބަރު IUL)434-A/1/2014/45)ފ(23 ޖުލައި 2014) އިޢުލާނަށް ހުށަހެޅުމަށް ދެންނެވިފައިވާ ލިޔުންތައް ފުރިހަމަކޮށް ހުށަހަޅާފައިނުވާތީ، އެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލުކުރުމަށްފަހު އަލުން މި މަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއަވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ތާރީޙް |
ދުވަސް |
ގަޑި |
|
މަޢުލޫމާތު ސާފުކުރުން |
22 ސެޕްޓެންބަރު 2014 |
ހޯމަ |
11:00 (މެންދުރުކުރި) |
އަންދާސީހިސާބު ހުށަހެޅުން |
29 ސެޕްޓެންބަރު 2014 |
ހޯމަ |
11:00 (މެންދުރުކުރި) |
20 ޛުލްޤަޢިދާ 1435