ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)325-MS/325/2022/27
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2022
ޕަބްލިޝްކުރި ގަޑި: 09:39
ސުންގަޑި: 16 ޖޫން 2022 12:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ ގޮއިދޫއިން ބަންޑަރަ ގޯތި ދޫކުރުން

ނަމްބަރު: (IUL)325-MS/325/2022/27

އިޢުލާން

ބ ގޮއިދޫއިން ބަންޑާރަ ގޯތި ދޫކުރުން

           ލޭންޑްޔުސް ޕްލޭންގައި ހިމެނިގެން މިވަގުތު ބަޖެޓް ކުރެވި ދޫކުރުމަށް ހަމަޖެހިފައިވާ  25 ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.  ވީމާ ، ގޯއްޗަށް އެދި ހުށަހެޅުމުގެ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން  ގޯއްޗަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން މިކައުންސިލަށް ފޯރމް ހުށަހެޅުން އެދެމެވެ. ގޯއްޗަށް އެދޭ ފޯރމް ބަންދުނޫންކޮންމެދުވަހެއްގެ ރަސްމީގަޑީގައި މިކައުންސިލުން ލިބެންހުންނާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯރމް ހުށަހަޅަން ބޭނުންވާ ފަރާތަކުން ފޯރމް އީމެއިލް ކުރާނީ [email protected]  އަށެވެ. އީމެއިލް ކުރާ ފަރާތްތަކުން  ފޯރމް ކައުންސިލަށް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ.

          ފޯރމް ފުރިހަމަ ކުރާއިރު މަޢުލޫމާތުއަދާ ހަމަކުރާނީ ފޯރމް ފުރާ ތާރީޚާއި ހަމައަށެވެ. އަދި ފޯރމް ހުށަހެޅުމަށްފަހު ދިރިއުޅުމުގެ ޙާލަތަށް އަންނަ ބަދަލާއިގުޅިގެން މާރކްސް އުނި / އިތުރު ކުރުމުގައި ރިޢާޔަތް ކުރެވޭނީ  ވަގުތީލިސްޓް ޢާންމުކުރާ ދުވަހާއި ހަމައަށެވެ.

ގޯއްޗަށް އެދި ހުށަހަޅާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ތިރީގައި މިވަނީއެވެ.

(ހ) ދިވެހި ރައްޔިތަކު ކަމުގައިވުން

(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއްކަމުގައިވުން

(ނ) 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އަދި ގޯއްޗަކުން ބައެއްވިޔަސް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިނެތުން.

(ރ) ސަރުކާރުން ޢިމާރާތް ކޮށްދެއްވާފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ފްލެޓެއް ނުވަތަ ރޯ ހައުސްއެއް ވިޔަސް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައި ނެތުން.

(ބ) 600 އަކަފޫޓަށްވުރެ ބޮޑު އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ވިޔަސް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައި ނެތުން.

(ޅ) އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ވިޔަސް ލިބިފައިނެތުން ނުވަތަ ހިބައަކުން ނުވަތަ ވަޞިއްޔަތަކުން އަދި ތަރިކައަކުން ނަމަވެސް 600 އަކަފޫޓަށްވުރެ ބޮޑުބިމެއް ލިބިފައިނެތުން.

(ކ) އެމީހެއްގެ އަމިއްލަ ނަމުގައި ގޯއްޗެއް އޮވެ، އެގޯތި ދީ ނުވަތަ ވިއްކާލާފައިވާތާ 02 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުން.

(އ) ސަރުކާރުން އިމާރާތް ކޮށްދެއްވާފައިވާ ރޯ ހައުސްއެއް ނުވަތަ ފްލެޓެއް އެނޫންވެސް އިމާރާތެއް އެމީހެއްގެ ނަމުގައި އޮވެ އެފަދަ އިމާރާތެއް ދީ ނުވަތަ ވިއްކާލާފައިވާތާ 02 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުން.

(ވ) އެއްމެދު އިމާރާތެއް އެމީހެއްގެ ނަމުގައި އޮވެ އެފަދަ ތަނެއް ދީ ނުވަތަ ވިއްކާލާފައިވާތާ 02 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުން.

        ގެވަޅަށް އެދި ހުށަހަޅާ ފަރާތްތަކަށް މާރކްސްދޭނޭ އުޞޫލާއި ، ގެވަޅުދޫކުރާ ސަރަޙައްދުގެ ޗާޓް އަދި ، ބަންޑާރަ ގޯއްޗަށް އެދޭ ފޯރމް މި އިޢުލާނާއެކު ޢާންމު ކުރެވިފައިވާނެއެވެ.

         މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 މޭ 2022