މަސައްކަތް
ނަންބަރު: (IUL)456-ECMS/456/2022/24
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2022
ޕަބްލިޝްކުރި ގަޑި: 20:16
ސުންގަޑި: 12 ޖޫން 2022 13:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ މަސްޖިދުލް ހުދާގެ ވުޟޫކުރާ އިސްކުރުބަރީގެ ތަށިމުށިބަދަލުކުރުމާއި އެހެން ބައެއް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

           މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށުގެ މަސްޖިދުލް ހުދާގެ ވުޟޫކުރާ އިސްކުރުބަރީގެ ތަށިމުށި ބަދަލުކުރުމާއި އެހެން ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

         ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 29 މެއި 2022 ވާ އާދީއްތަ ދުވަހުން ފެށިގެން 05 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން  މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު [email protected]   އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/200 ރުފިޔާ (ދުއިސައްތަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 06 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:00 މިއިދާރާގައެވެ. މި މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ.   އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12 ޖޫން 2022 ވާ އާދީއްތަ ދުވަހު 13:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ.

 

1.     އަންދާސީ ހިސާބު ހުށަހަޅަންޖެހޭގޮތާއި، އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ މަޢުލޫމާތާއި، އަންދާސީ ހިސާބު ހުށަހެޅޭނެ ފަރާތްތައް:

  1. އަންދާސީ ހިސާބު ހުށަހަޅާނީ، މަޢުލޫމާތު ޝީޓާ އެޓޭޗްކުރެވިފައިވާ އަންދާސީހިސާބު ހުށަހާ ފޯމާއި ބީއޯކިއު ފުރިހަމަ ކުރުމަށްފަހު އެ ތަކެއްޗާއެކުގައެވެ.  އަގުހުށަހަޅާ ފޯމާއި ބީއޯކިއު ފުރިހަމަނުކޮށް ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އަގު ހުށަހަޅުމަށް ބީއޯކިއުގައިވާ ހުރިހާކަމަކަށް އަގުޖަހާފައިވުން ނުވަތަ ބީއޯކިއުގައިވާ ކަމަކަށް އަގުހުށަހަޅަން ބޭނުން ނުވާނަމަ އެދިމާލެއްގައި ޑޭސް ޖެހުމަށްފަހު، ބީއޯކިއު ފުރިހަމަ ކުރުމަށްފަހުގައެވެ. އަދި  ބީއޯކިއުގައިވާ މަސައްކަތްތަކުގެ ތެރެއިން ކަމަކަށް އަގުހުށަހަޅާފައި ނުވިނަމަވެސް އެމަސައްކަތަކީ ޢިމާރާތުގައި ކުރަންޖެހޭ މަސައްކަތެއް ކަމަށްވާނަމަ އެމަސައްކަތެއް މަސައްކަތް ޙަވާލުވާފަރާތުން އެއްވެސް އަގަކާނުލާ ފުރިހަމަކޮށްދޭންވާނެއެވެ.  އަދި ފުރިހަމަ ނުކޮށް ހުށަހަޅާފައިވާ އަންދާސީ ހިސާބެއް ބަލައިގަނެފައިވީނަމަވެސް އިވެލުއޭޝަން މަރުހަލާގައި އެކަން ފާހަގަކުރެވިއްޖެނަމަ އެފަދަ އަންދާސީ ހިސާބުތައް އިވެލުއޭޝަންގައި ބައިވެރިއެއް ނުކުރެވޭނެއެވެ.
  2. މި ޕްރޮޖެކްޓްގެ ޖުމްލަ އަގު ކަމަށް ބަލާނީ، އިވެލުއޭޝަންގައި އަގު ޗެކް ކުރުމުން އަންނަ އަގެވެ. (އަގު ޗެކް ކުރުމުގައި ބަލާނީ ކަލްކިއުލޭޝަން އެރައެއް ހުރިތޯއާއި، މަތީގައިވާގޮތަށް އަގު ހުށަހަޅަންޖެހޭ ބައިތަކަށް އަގު ހުށަހަޅާފައިވޭތޯއެވެ.)
  3. އަގުހުށަހަޅަންވާނީ ސައިޓް މިހާރު އޮތް ހާލަތާއި، ދީފައިވާ ކުރެހުންތަކާއި، މަޢުލޫމާތު ޝީޓާއި، އަންދާސީހިސާބު ހުށަހަޅާ ފޯމާއި، ބީ.އޯ.ކިއު ފާހަގަކޮށްފައިވާ ކަންތައްތަކަށް ރަނގަޅަށް ބެލުމަށްފަހުގައެވެ.  އެގޮތުން މަސައްކަތް ޙަވާލުވާފަރާތަކުން މުޅިމަސައްކަތް ކުރިއަށް ގެންދަންވާނީ ދީފައިވާ ކުރެހުމާއި މަޢުލޫމާތު ޝީޓާއި، ބީ.އޯ.ކިއުގައި ބަޔާންކޮށްފައިވާގޮތަށެވެ.
  4. މި މަސައްކަތައް އަންދާސީހިސާބު ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
  5. މި މަސައްކަތް ޙަވާލު ކުރުމުގައި، މާލިއްޔަތުގެ ޤަވާޢިދުގެ 10.77 ވަނަ މާއްދާއަށް ރިޔާއަތްކޮށް، މިނިސްޓްރީ އޮފް ފިނޭންސް އިން ނެރެފައިވާ "ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަން ތަކުގައި ސަރަހައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުސޫލް" ގައިވާ ގޮތުގެމަތިން، އަމަލު ކުރެވޭނެއެވެ.
  6. ބިޑް ހުށަހަޅާ ފަރާތުގެ ޕްރޮފައިލް ހުށަހަޅަންވާނެއެވެ.  (ޕްރޮފައިލްގައި ކުންފުނީގެ ނަމާއި، ރަޖިސްޓްރީ ނަންބަރާއި، ހިއްސާދާރުންގެ ނަންތަކާއި، ކުންފުނީގެ ފޯނު ނަންބަރާ، އީމެއިލް އެޑްރެސް ހިމެނިފައި ހުންނަންވާނެއެވެ.)
  7. ކުންފުނިން ކޮށްފައިވާ މަސައްކަތްތަކާއި، މިހާރު ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު، ހުށަހަޅަންވާނެއެވެ. އަދި އެއްވެސް މަސައްކަތެއް ނުކުރާނަމަ އެކަން އެނގޭގޮތަށް ހުށަހަޅަންވާނެއެވެ.

 

2.     ތިރީގައިވާ ތަކެތި ހުށަހަޅާފައި ނުވާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. މި ލިޔުންތައް ހަމަނުވާ އަންދާސީހިސާބެއް ބަލައިގަނެވިފައިވާކަން، އިވެލިއޭޝަން މަރުހަލާގައި ފާހަގަ ކުރެވިއްޖެނަމަ، އެފަދަ އަންދާސީހިސާބުތައް ބާޠިލް ކުރެވޭނެއެވެ.

  1. އަންދާސީހިސާބު ހުށަހަޅާފޯމް:
  2. ފުރިހަމަ ކޮށްފައިވާ ބީ.އޯ.ކިއު:
  3. ކުންފުނި/ޕާޓްނަރޝިޕް/އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ:

 

3.     މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ޕޮއިންޓް ދޭނެ އުޞޫލް އަދި ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މަސައްކަތް ޙަވާލުކުރުން.

 

އަގަށް

މުއްދަތައް

85 މާކްސް

15 މާކްސް

  އަގަށް މާކްސް ދޭނެގޮތް

-  އެންމެ ކުޑަ އަގު ހުށަހާފައިވާ ފަރާތަކަށް 85 މާކްސް، ދެންހުރިއަގުތަށް މާކްސް ލިބޭނީ އެންމެ ދަށްއަގު ހުށަހެޅި ފަރާތުގެ ރޭޝިއޯއިންނެވެ.

  

މުއްދަތަށް މާކްސް ދޭނެގޮތް

- އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށް 15 މާކްސް، ދެން ހުރި މުއްދަތަށް މާކްސް ލިބޭނީ އެންމެ ކުރު މުއްދަތު ހުށަހެޅި ފަރާތުގެ ރޭޝިއޯއިންނެވެ.

 

މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއެއް އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑު ހުށަހަޅަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 05 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން [email protected] އަށް އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

          ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.         

25 މޭ 2022