ދެންނެވުން
ނަންބަރު: 2022/13
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2022
ޕަބްލިޝްކުރި ގަޑި: 16:49
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސެކްރެޓަރީ ޖެނެރަލުންނާއި އެއާ އެއްފެންވަރުގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ އުޞޫލު 2022 އާންމުކުރުން

ސިވިލް ސަރވިސްގެ އިދާރާތަކުގެ ތެރެއިން ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތައް ފިޔަވައި، ސެކްރެޓަރީ ޖެނެރަލްގެ މަގާމު ހަމަޖައްސާފައިވާ އިދާރާތަކާއި ސެކްރެޓަރީ ޖެނެރަލްގެ މަޤާމާ އެއް ފެންވަރުން ބައެއް އިދާރާތަކަށް ހަމަޖައްސާފައިވާ މަގާމުތަކަށް މުވައްޒަފުން ނެގުމަށްޓަކައި "ސެކްރެޓަރީ ޖެނެރަލުންނާއި އެއާ އެއްފެންވަރުގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ އުޞޫލު 2022" އެކުލަވާލައި މި ސަރކިއުލަރއާއެކު އާންމުކުރަމެވެ.  

މި އުޞޫލަށް އަމަލުކުރަން ފެށުމާއެކު 2020 ޑިސެންބަރު 07 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން އަންނަ "ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު (07 ޑިސެންބަރު 2020)" އަށް އަމަލުކުރުން ހުއްޓާލެވޭނެކަމުގައި ދަންނަވަމެވެ.

"ސެކްރެޓަރީ ޖެނެރަލުންނާއި އެއާ އެއްފެންވަރުގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ އުޞޫލު 2022" އާއި އުޞޫލާގުޅޭ އެންމެހައި ލިޔެކިޔުންތައް ކޮމިޝަނުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެ ކަމުގައިވެސް ދެންނެވީމެވެ.

https://www.csc.gov.mv/Policy/Index/23

25 މޭ 2022