ކުއްޔަށް ހިފުން
ނަންބަރު: WAMCO-PRO/IUL/2022/059
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2022
ޕަބްލިޝްކުރި ގަޑި: 15:27
ސުންގަޑި: 30 މޭ 2022 11:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ބޭނުމަށް ވެހިކަލް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ބޭނުމަށް ވެހިކަލް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

ނަންބަރު: WAMCO-PRO/IUL/2022/059

ވޭސްޓް މެނޭޖްމަންޓް ކޮޕަރޭޝަން ލިމިޓެޑްގެ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް މާލެ އަދި ހުޅުމާލޭގައި ބޭނުންކުރުމަށް 10 ވެހިކަލް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.  

ތަފްސީލް

ކެޕޭސިޓީ

ބޭނުންވާ އަދަދު

ބޭނުންވާ މުއްދަތު

ބޭނުންވާ ތަން

ޕިކަޕް ނުވަތަ ޑަމްޕަރ ޓްރަކް

350kg

4

30 ދުވަސް

މާލެ

ޕިކަޕް ނުވަތަ ޑަމްޕަރ ޓްރަކް

1-2 tons

4

30 ދުވަސް

މާލެ

ޕިކަޕް ނުވަތަ ޑަމްޕަރ ޓްރަކް

1-2 tons

2

30 ދުވަސް

ހުޅުމާލެ

 

 

 

 

 

 

ވީމާ،މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މި ކޯޕަރޭޝަނަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ދުވަސް

ގަޑި

ތަން

ބީލަން ހުށަހެޅުން

30 މޭ 2022 (ހޯމަ)

11:00 (ހެނދުނު)

މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް

 

 

 

30 މޭ 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ލިބޭ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރައްވާފައިވާ ފަދައިން ބައިންޑްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ. މި މަސައްކަތާއި ބެހޭ މަޢުލޫމާތު ކަރުދާސް މި ކޯޕަރޭޝަންގެ ވެބްސައިޓްގައި ޝާޢިއު ކުރެވިފައިވާނެއެވެ.

 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3025804، 3000581, ފެކްސް ނަންބަރު:3000584 

[email protected]

www.wamco.com.mv

 25 މޭ 2022

25 މޭ 2022