ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)255/255/2022/30
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2022
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 07 ޖޫން 2022 14:00
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިހާނު ދިނުމަށް އެގްޒަމިނަރުން ހޯދުން

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ކުރައްވާނެ އެގްޒަމިނަރުން މި އިދާރާއަށް ހޯދުމަށް ބޭނުންވެއްޖެއެވެ.

ބޭނުންވާ ޢަދަދު: 02 (ދޭއް)

ޝަރުތު:

  1. ލިޔަންކިޔަން އެނގުން
  2. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސްA1, A, B1, C1, C3, C4 ކެޓަގަރީތައް ދުއްވުމުގެ ހުއްދައޮތް މީހަކު ކަމުގައިވުން
  3. ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން (03 މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް)
  4. ފަސް އަހަރު ދުވަސްވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  5. ޑްރައިވިންގ ސްކޫލެއްގެ ހިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން

        އެގްޒަމިނަރުކަން ކުރައްވާ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ދުއްވާ ކޮންމެ ހަތަރު ފުރޮޅާއި، ތިން ފުރޮޅުލީ އުޅަނދަކަށް -/25ރ (ފަންސަވީސް) ރުފިޔާ އަދި ދެ ފުރޮޅުލީ އުޅަނދަކަށް -/15ރ (ފަނަރަ) ރުފިޔާގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެއެވެ.

          މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 2022 ޖޫން 07 އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

25 މޭ 2022