ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)240-ADS/240/2022/34
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2022
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 08 ޖޫން 2022 13:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރުން ހޯދުމަށް

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު  ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)240-CA/240/2022/27   (17 އޭޕްރީލް 2022) އިޢުލާނާއި ގުޅިގެން ޝަރުތު ހަމަވާ އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އެގުޒަމިނަރުކަން ކުރުމަށް ސައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ބޭނުންވާ ޢަދަދު 02 ( ދޭއް )

ޝަރުތު

  • ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް (A,B,C,D,G) އޮތް މީހަކު ކަމުގައިވުން
  • ސްކިޕަރ ކްލާސް 5 ނުވަތަ ނިޔަމި ކަމުގެ ސަނަދު 1 ، 2 ފުރިހަމަ ކޮށްފައިވާ މީހަކު ކަމުގައިވުން.
  • ފާއިތުވި ތިންއަހަރު ކަނޑުއުޅަނދު ދުއްވުމުގެ ޤަވާޢިދާޚިލާފުވެ ކުށެއްކޮށްފައި މީހަކު ކަމުގައި ނުވުން. ( 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް ހުށަހަޅަންވާނެއެވެ.)
  • ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.
  • އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހީގެ ލައިސަންސް ނެގުމަށް ހަދަންޖެހޭ އަމަލީ އިމްތިޙާނު ދިނުމަށް މިއިދާރާއިން ހަމަޖައްސާފައިވާ އެގުޒަމިނަރަކު ކަމުގައި ނުވުން  

އެގުޒަމިނަރުކަންކުރާ ފަރާތްތަކަށް ބޭރުގައި އިންޖީނުއެޅި އުޅަނދުފަހަރުގެ ކޮންމެ ކެޓެގަރީއަކަށް -/50ރ (ފަންސާސް) ރުފިޔާ އަދި އެތެރޭގައި އިންޖީނުއެޅި އުޅަނދުފަހަރުގެ ކޮންމެ ކެޓެގަރީއަކަށް -/75ރ (ހަތްދިހަފަސް) ރުފިޔާގެ އެލަވަންސެއް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ. ދުއްވުން އޮންނާނީ މިކައުންސިލުން ކަނޑައަޅާ އުސޫލާއެއްގޮތައް ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 08 ޖޫން 2022 ވަނަ ދުވަހު 13:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

25 މޭ 2022