ދިވެހިރާއްޖެ
ނަމްބަރު: (IUL)GAAH/GAAH/2022/15
އިއުލާން
02 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފުން
މި ހޮސްޕިޓަލުގެ ބޭނުމަށް 02 ކޮޓަރީގެ އެޕާޓްމަންޓެއް 02 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މައުލޫމާތް ސާފުކުރެއްވުމަށްފަހު 15 ޖޫން 2022 ވާ ބުދަ ދުވަހުގެ 14:00 އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހަޅެއްވުން އެދެމެވެ.
މައުލޫމާތް ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭ ވާހަކަވެސް ދަންނަވަމެވެ. އަދި އަންދާސީ ހިސާބް ހުށަހެޅުއްވޭނީ މައުލޫމާތް ސާފުކުރެއްވުމުގައި ބައިވެރިވެ ލެއްވި ފަރާތްތަކަށެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.
24 ޝައްވާލް 1443
25 މެއި 2022