ނީލަން
ނަންބަރު: GS53/IUL/2022/16
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2022
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 02 ޖޫން 2022 14:00
ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގައިހުރި ބައުތަކެތި ނީލަންކިޔުން

މި ސްކޫލްގައި ބޭނުންކޮށް ބައުވެފައިހުރި ތަކެތި ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. ނީލަމުގެ ތަފްޞީލް ތިރީގައި މިދަންނަވަނީއެވެ.

1-     ނީލަން ކިޔަން ހަމަޖެހިފައިވާތަން :      ޖަލާލުއްދީން ސްކޫލް( ހޯލްގައި )

2-     ނީލަންކިއުމަށް ހަމަޖެހިފައިވާ ދުވަހާއިގަޑި : 2022 ޖޫން 03 ވާ ހުކުރު ދުވަހު 16:30ގައި

3-     ނީލަން ކިއުމަށް ހަމަޖެހިފައިވާ އުޞޫލު :  ދުވަހު ނީލަމުގައި

4-     މަޢުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު : 6528873 ،7957749

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި އެތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގު އަދި ފަހަރަކު އިތުރުކުރެވޭނެ އަދަދު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީއެއް ގެންނަވަންވާނެވެ. އަދި ނީލަމުން ތަކެތި ނަންގަވާ ބޭފުޅުން ފައިސާ ދައްކަވަންޖެހިވަޑައިގަންނަވަނީ ބަނޑޭރިޕޭ މެދުވެރިކޮށް ކަމަށްވާތީ އެކަމަށް ތައްޔާރުވެގެން ވަޑައިގަތުމަށްވެސް ދެންނެވީމެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2022 ޖޫން 03 ވާ ހުކުރު ދުވަހު 16:30 ގައިނީލަމުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

25 މެއި 2022

25 މޭ 2022