ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތް
މާލެ، ދިވެހިރާއްޖެ
ނަންބަރު: (IUL)182-REG/23/2022/5
އިޢުލާން
ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އަވަސްކޮށް ތަރައްގީ ކުރުމުގެ ގޮތުން، މި އޮތޯރިޓީން ދެމުންގެންދާ ގިނަ ހިދުމަތްތަކުގެ އެޕްލިކޭޝަންތައް ބަލައިގަންނަމުންދަނީ އޮންލައިން ޕޯޓަލް "ދިރިތި"، މިނިސްޓްރީ އޮފް ހެލްތްގެ ވާރޗުއަލް ކައުންޓަރ އަދި މެއިލް މެދުވެރިކޮށެވެ.
ނަމަވެސް، މިހާރު މިނިސްޓްރީ އޮޕް ހެލްތްގެ ވާރޗުއަލް ކައުންޓަރު މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް 2022 ޖޫން 1 ވަނަ ދުވަހުން ފެށިގެން ބަލައިގަންނާނީ ހަމައެކަނި ދިރިތި ޕޯޓަލް މެދުވެރިކޮށް ކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް ރަސްމީ ގަޑީގައި ނަމަ ގުޅުއްވާނީ 3014316 އަދި އެނޫން ގަޑިތަކުގައި މި އޮތޯރިޓީގެ ހޮޓްލައިން 7200321 އަށެވެ.