ބީލަން
ނަންބަރު: (IUL)323/323/2022/13
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2022
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި: 12 ޖޫން 2022 11:00
މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސްލްގެ އައު އިމާރާތް އަޅާދޭނެފަރާތެއް ހޯދުމަށް

ނަންބަރ: (IUL)323/323/2022/13

 

                      އިޢުލާން

 

                     މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އައު އޮފީސް އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު އިޢުލާން ((IUL)323/323/2022/2) (6 މާރޗް 2022 ( އިއުލާނަށް އަގު ހުށަހަޅުއްވާފައިވާ ފަރާތުން  ހުށަހަޅާފައިވާ އަގު ބޮޑު ވުމާއި ގުޅިގެން އެ އިޢުލާން ބާތިލްކޮށް އަލުން އެކަން ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާމް ކުރަމެވެ.

                  މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް، 25 މެއި 2022 ވާ ބުދަ ދުވަހުން ފެށިގެން 02 ޖޫން 2022  ވާ ބުރާސްފަތި ދުވަހުގެ  މެންދުރުފަހު 13:30 ގެ  ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12 ޖޫން 2022 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00ގައި މި އިދާރާގެ މީޓިން ކުރާ ހޯލްގައެވެ.

                  މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 09 ޖޫން 2022  ވާ  ބުރާސްފަތި ދުވަހު މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                                                24 ޝައްވާލް 1443

25 މެއި 2022 

25 މޭ 2022