ދިވެހިރާއްޖެ
މިކައުންސިލުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޢާއިލީޕާކުގައި އިންސްޓޯލްކުރުމަށް ބޭނުންވާ ފެންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި މިކައުންސިލްގެ އިޢުލާން ނަންބަރ (IUL)376/376/2021/23 އާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އަލުން މިތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންއެދި އިޢުލާނުކުރަމެވެ.މިމަސައްކަތްކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބިޑް ހުށަހެޅުއްވޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ސަތޭކަ ޕަސެންޓް ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައިވެސް ދަންނަވަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 މެއި 2022 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މި ބިޑްގައި ބައިވެރިވުމަށް ރަޖިސްޓަރކުރުމަށް ހުޅުވާލަމެވެ. މި މުއްދަތުގައި ބިޑްގައި ރަޖިސްޓަރވުމަށްއެދި މި ކައުންސިލަށް ހުށަޅުއްވާފައިނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. ހުށަހަޅާ ބިޑްތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ މިކަމަށް އެދި ބިޑް ހުށަހަޅުއްވާ ހުރިހާ ފަރާތެއްގެ ޙާޟިރުގައި 7 ޖޫން 2022 ވާ އަންގާރަ ދުވަހު 11:00 ގައެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 31 މެއި 2022، އަންގާރަ ދުވަހު 11:00 ގެ ކުރިން 9650005/7992129 އަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.