މަސައްކަތް
ނަންބަރު: (IUL)386/386/2022/37
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2022
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި:
19 ޖޫން 2022 14:00
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން
ކައުންސިލްގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން މިކައުންސިލުން އެންމެ ރަނގަޅު ލޯގޯއެއްގެގޮތުގައި ކަނޑައަޅާ ލޯގޯއަކަށް އިނާމެއްގެ ގޮތުގައި -/3000 (ތިންހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް.
- ފަރުމާކުރެވޭ ލޯގޯ އިން ތ. ގުރައިދޫގެ އާދަކާދައާއި ޡަޤާފަތާއި ރަށުގެ ތާރީޚާއި ރަށަށް ޚާއްޞަ ބައެއް ކަންކަން ރަމްޒުކޮށްދޭން ވާނެއެވެ.
- ލޯގޯ ފަރުމާކުރުމުގައި ބޭނުން ކުރަންވާނީ ރަށާއި ގުޅުންހުރި، ރަށް ނުވަތަ ރަށުގެ ޚާއްޞަކަމެއް ރަމްޒުކޮށްދޭ ކުލަތަކެވެ. އަދި ލޯގޯގައި ބޭނުންކުރާ ހުރިހާ ކުލައެއްގެ ކުލަ ކޯޑުތައްވެސް ހުށަހަޅަންވާނެއެވެ.
- ފަރުމާކުރެވޭ ލޯގޯއަކީ އިތުރު އެހެން ފަރާތަކުން ބޭނުންކުރާ ލޯގޯއެއް ކަމުގައި ވެގެންނުވާނެއެވެ.
- ފަރުމާކުރާ ލޯގޯއަކީ ދިވެހި ރާއްޖޭގެ ސިޔާސީ ޕާރޓީ ތަކުން ޕާރޓީއެއް ރަމްޒުކޮށްދޭ ނުވަތަ ސިޔާސީ ވަކި ޙަރަކާތެއް ރަމްޒުކޮށްދޭ ލޯގޯއަކަށް ވެގެންނުވާނެއެވެ.
- ފަރުމާ ކުރާ ލޯގޯ ގެ ބައިތަކުން ރަމްޒުކޮށްދޭ ކަންކަން ވަކިން ބަޔާންކޮށް ކުރެހުމާއިއެކު ހުށަހަޅަންވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖޫން 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލޯގޯގެ ޑިޒައިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ލޯގޯ ހުށަހަޅުއްވާނަމަ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
24 ޝައްވާލް 1443
25 މޭ 2022
25 މޭ 2022