ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)332-MS/332/2022/45
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2022
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި: 02 ޖޫން 2022 13:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - އެސިސްޓެންޓް ކައުންސިލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ތިރީގައި މިދަންނަވާ މަޤާމަށް މި އިދާރާއަށް ވަގުތީ މުވައްޒަފަކު ބޭނުންވެއްޖެ އެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އެސިސްޓެންޓް ކައުންސިލް އޮފިސަރ

މަޤާމް:

1 (އެކެއް)

ބޭނުންވާ ޢަދަދު:

ވަގުތީ (ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 15 އޮކްޓޯބަރ 2022 ގެ ނިޔަލަށް)

މަޤާމުގެ ގިންތި: / (މުއްދަތު)

ޖީ.އެސް 3

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

މާލެއަތޮޅު ދިއްފުށި ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

4465.00 ރުފިޔާ

މުސާރަ:

1500.00 ރުފިޔާ

ސަރވިސް އެލަވަންސް

    1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ސަޕޯޓިން ކޯ އެލަވަންސް
    2.  ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
    3.  ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
    4. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ އެލަވަންސް.
    5. މިނިމަމް ވޭޖު އެލަވަންސް.

އެހެނިހެން އެލަވަންސް

    1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
    2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
    3. އިދާރާއާއި، އިދާރާއިން ބަލަހައްޓާ މަސައްކަތްތަކާއި ތަންތަނަށް ގަންނަންޖެހޭ ތަކެތި ގަތުމަށް ފުރިހަމަ ކުރަންޖެހޭ ޕްރޮކިއުމެންޓް މަރުހަލާ ފުރިހަމަކޮށް ފައިސާއާއިގުޅޭ ސެކްޝަނަށް ފޮނުވުން.
    4. މުވައްޒަފުންގެ ޗުއްޓީ، ސަލާމުގެ އެންމެހާ ކަންކަން ބެލެހެއްޓުމާއި ކައުންސިލް އިދާރާގެ އޮނިގަނޑުގައިވާ ދާއިމީ މުވައްޒަފުންނާއި ކޮންޓެރެކްޓް އަދި ވަގުތީ މުވައްޒަފުންގެ ނެގުމުގެ އެންމެހާ މަސައްކަތްތައްކުރުން.
    5. ކައުންސިލްގެ އިދާރާގެ ސިވިލްސަރވިސް މުވައްޒަފުންނާއި އިދާރާގައި ސޮއިކުރައްވާ ހުރިހާ މުވައްޒަފުންގެ ޙާޟިރީ ލިޔެ ޗެކުކޮށް ބެލެހެއްޓުމާއި، ޙާޟިރީއާއިބެހޭ ހުރިހާ ލިޔެކިޔުމަކާއި ރިޕޯޓްތައް ހަދާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.
    6.  މުވައްޒަފުންގެ ވަޒީފާބަޔާންތަކާއި، މަސައްކަތުގެ ފެންވަރުބަލާ ފޯމުތަކުގެ އިދާރީ މަސައްކަތްތައްކޮށް ބެލެހެއްޓުން.
    7. ސިވިލް ސަރވިސް ޤަވާއިދު އަދި މުވައްޒަފުންނާއި ގުޅުންހުރި ޤާނޫނާއި ޤަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔުންތައް ސްޕަވައިޒަރގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް މަސައްކަތްތައް ރާވާ ލިޔެކިޔުންތައް ބެލެހެއްޓުން.
    8. އެޗް. އާރު. އެމް.ޑީ ކޮމެޓީގެ ބައްދަލުވުންތައް ބޭއްވުމާއި، ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި ސްޓާފް ބައްދަލުވުން ތަކުގެ ޔައުމިއްޔާ ލިޔުން.
    9. ކައުންސިލް އިދާރާއިން ބަލަހައްޓަންޖެހޭ ފައިސާގެ މަސައްކަތް ކުރާ މުވައްޒަފުންނަށް އެހީތެރިވެދިނުމާއި ފައިސާގެ މަސައްކަތްކުރާ މުވައްޒަފުކު ނެތް ވަގުތުތަކުގައި ފައިސާގެ މަސައްކަތްތައް މާލިއްޔަތު ޤާނޫނާއި ޤަވާޢިދު ގައިވާގޮތުގެމަތިން ކުރުން.
    10. ކައުންސިލްގެ ދުވަހު ޔައުމިއްޔާ އާއި މީޓިން ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން.
    11. މީގެ އިތުރުންވެސް ރަށު ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ވެރިން އަންގަވާ ކަންތައްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

    1. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

   ނުވަތަ

    1. ސާނަވީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުތުތައް:

    1. އެޑްމިނިސްޓްރޭޝަން
      1. މެނޭޖުމެންޓް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

    1. ފުރިހަމަކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒިފާއަށް އެދޭފޯމް. (މި ފޯމް މި ކައުންސިލުންނާއި، ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
    2. ވަޒީފާޔަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނުނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
    3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
    4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
    5. ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ)މޯލްޑިވްސް ކޮލިފިކޭޝަން އޮޓޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ)މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ. 

    1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
    2. ސިވިލްސަރވިސްގެ ވަޒީފާޔަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
    3. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒިފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ހުށަހަޅަންޖެހޭ ލިޔުންތައް

    1. އަސާސީ ޝަރުތު ހަމަވުން: 30
    2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު: 05
    3. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ:  05
    4. އެސެސްމަންޓް (އިމްތިޙާން ނުވަތަ ޕްރެކްޓިކަލް): 25
    5. އިންޓަރވިއު: 35

ވަޒީފާއަށް އެއްމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މާލެއަތޮޅު ދިއްފުށީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑިހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.  

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2022 ޖޫން 05 އާއި 2022 ޖޫން 09 އާއި ދެމެދު މާލެއަތޮޅު ދިއްފުށި ކައުންސިލް އިދާރާއިން ކަނޑައަޅާތަނެއްގައެވެ. 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން.

 

މި އިޢްލާނާއި ގުޅޭގޮތުން މަޢްލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6640071 ނަމްބަރ ފޯނާއިއެވެ. އީ.މެއިލް ކުރާނީ  [email protected]  އަށެވެ.

25 މޭ 2022