ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-B/330/2022/43
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2022
ޕަބްލިޝްކުރި ގަޑި: 09:45
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

މަގު ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސަށް ފަސޭހަކަމާއިއެކު މިރަށުގެ މަގުތައް ބޭނުން ކުރުމަށްޓަކާއި ރަށުގެ މަގުތަކުގައިހުރި އަޑިގުޑަންތައް ފިލުވައި، މަގުތަކަށް ވެލިއަޅާ މަގުތައް އެއްވަރުކުރުމުގެ މަސައްކަތްތަކެއް މިވަގުތު މިއިދާރާއިން މިދަނީކުރަމުންނެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގޭގޭގެ ދިޔަދޮވި ހޮޅިތަކުން މަގުމައްޗަށް ފެންދާގޮތަށް ދޫކޮށްލާފައި ވާތީ، މިމަސައްކަތް ކުރަމުންދާއިރު ވަރަށްބޮޑެތި ދަތިތަކާއި ކުރިމަތިވަމުން ދާކަން ފާހަގަކުރެވެއެވެ. މިކަމަކީ ވަރަށް ކުރީއްސުރެވެސް މަނާކުރެވިފައިވާ ކަމަކަށްވާތީ، އެފަދަ ޢަމަލްތައް ނުކުރުމަށް އާއްމުކޮށް ހުރިހާފަރާތްތަކަކަށް ދަންނަވަމެވެ. އަދި ޤާނޫނު ނަމްބަރު 2010/7 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަމާއްދާ އިން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދުގައިވާ ގޮތުގެމަތީން، އެފަދަ ފެންހޮޅިތައް މަގުމައްޗަށް ދޫކޮށްލުމުގެ ބަދަލުގައި ޖަންކުޝަނެއް މެދުވެރިކޮށް ބިމުގެއަޑިއަށް ފެންހިންދޭނެ އިންތިޒާމެއް ހަމަޖައްސަވާ ދެއްވުމަށް ދަންނަވަމެވެ.

         ވީމާ ރަޢިއްޔަތުންނަށް މިކަންކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

24 މޭ 2022