މަސައްކަތް
ނަންބަރު: (IUL)23-ES/1/2014/190
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:19
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މަޤާމުތަކަށް ބިދޭސީން ގެނައުމުގެ ފުރުޞަތު އެޖެންސީތަކަށް ހުޅުވާލުން

މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ހިނގާ ހޮސްޕިޓަލުތަކަށާއި ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރާގޮތަށް ތިރީގައި މިދަންނަވާ މަޤާމުތަކަށް ބިދޭސީން ގެނައުމުގެ ފުރުޞަތު ރާއްޖޭއިން ބޭރުން ބިދޭސީން ގެނައުމަށް ރާއްޖޭގައި ރަޖިސްޓަރީކޮށް 17 ޖޫން 2014 ގެ ކުރިން ހުއްދަ ލިބިފައިވާ އޭޖެންސީ ނުވަތަ އޭޖެންސީތަކަށް ހުޅުވާލަމެވެ. ވީމާ، ބިދޭސީން ގެނައުމަށް ޝައުޤުވެރިވާ އޭޖެންސީ ނުވަތަ އޭޖެންސީތަކުން ތިރީގައި ދެންނެވިފައިވާ ޝަރުޠު ހަމަވާ ޖޮބް އެޕްލިކޭޝަންތައް އެ ފަރާތްތަކުން ރަޖިސްޓަރީވާންޖެހޭ ކައުންސިލުން ރަޖިސްޓްރޭޝަން ފޯމު ފުރުމަށްފަހު މިމިނިސްޓްރީގެ ތައްގަނޑު ޖެހުމަށްޓަކައި މިނިސްޓްރީގެ ފޮރިން ރެކްރޫޓްމަންޓް ސެކްޝަނަށް ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ.

މަޤާމު:  ރަޖިސްޓަރ ނާރސް

މަޤާމުގެ އަދަދު: 50

މުސާރަ: -/5610 ރުފިޔާ

ސާރވިސް އެލަވަންސް: -/2500 ރުފިޔާ

ޝަަރުޠު: 

  1. މަދުވެގެން 200 އެނދުގެ ހޮސްޕިޓަލެއްގައި 2 އަހަރާއި 6 މަސްދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއެކު، އޭގެ ތެރެއިން 6 މަސްދުވަހު ލޭބަރ ރޫމުގައި މަސައްކަތް ކޮށްފައިވުން. ނުވަތަ
  2. މަދުވެގެން 200 އެނދުގެ ހޮސްޕިޓަލެއްގައި 2 އަހަރާއި 6 މަސްދުވަހު އޮޕަރޭޝަން ތިއޭޓަރ ނުވަތަ އައިސީޔޫގައި މަސައްކަތް ކޮށްފައިވުން. ނުވަތަ
  3. މަދުވެގެން 200 އެނދުގެ ހޮސްޕިޓަލެއްގައި 2 އަހަރާއި 6 މަސްދުވަހު މަސައްކަތްކޮށް ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން.
  4. ޞިއްޙީ ޚިދުމަތުގައި ޢަމަލީގޮތުން މަސައްކަތްކޮށް ލިބިފައިވާ ތަޖުރިބާއަކީ ފަހުގެ ތާރީޚެއްގައި ލިބިފައިވާ ތަޖުރިބާއަކަށްވުން. ފަހުގެ ތާރީޚެއްކަމުގައި ބަލާނީ 2010 އަށް ވުރެ ފަހުން ހޮސްޕިޓަލެއްގައި މަސައްކަތްކޮށް ލިބިފައިވާ ޢަމަލީ ތަޖުރިބާއަށެވެ.

މަތީގައި ދެންނެވުނު ޝަރުޠު ހަމަވާ ފަރާތްތަކަށް އޮފަރ ލެޓަރ ދޫކުރެވޭނީ ދިވެހިރާއްޖޭގެ ނާރސިންގ ކައުންސިލްގެ ޕުރީ ރަޖިސްޓުރޭޝަން އަދި މަތީގައި ދެންނެވުނު ޝަރުޠު ހަމަވާ ލިޔެކިޔުންތަކާއެކު މި މިނިސްޓްރީން ކަނޑައަޅާ ސުންގަޑިއަށް މި މިނިސްޓްރީއަށް ހުށަހެޅުއްވުމުން މި އިޢުލާނުގައި ކަނޑައެޅިފައިވާ އަދަދު ހަމަވަންދެންނެވެ. މި އިޢުލާނުގެ ދަށުން ހުށަހަޅާ އެޕްލިކޭޝަނެއް އޭޖެންސީއިން ސީދާ ގެނެސް ހުށަހެޅުން ނޫންގޮތަކަށް މި މިނިސްޓްރީން ބަލައެއް ނުގަންނާނެއެވެ. އެޕްލިކޭޝަން ހުށަހަޅާ އޭޖެންސީތަކުގެ ތެރެއިން އޭޖެންސީއަކަށް ގިނަވެގެން ދޫކުރެވޭނީ 10 އޮފަރ ލެޓަރއެވެ.

މި އިޢުލާނުގެ ދަށުން ބޭނުންވާ ނަރުހުންގެ އެޕްލިކޭޝަން ޖުމުލަ އަދަދަށް ލިބިފައިނުވާނަމަ، ހުށަހަޅާ އޭޖެންސީތަކަށް އިތުރު އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ.

މަޤާމު: ލެބޯޓްރީ ޓެކްނޮލަޖިސްޓް

މަޤާމުގެ އަދަދު: 21

މުސާރަ: -/5610 ރުފިޔާ

ސާރވިސް އެލަވަންސް: -/2500 ރުފިޔާ

ޝަރުޠު:

މެޑިކަލް ލެބޯރެޓަރީގެ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 2 އަހަރު ދުވަހު މެޑިކަލް ލެބޯޓްރީއެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން

މަތީގައި ދެންނެވުނު ޝަރުޠު ހަމަވާ ފަރާތްތަކަށް އޮފަރ ލެޓަރ ދޫކުރެވޭނީ މޯލްޑިވްސް ބޯޑު އޮފް ހެލްތު ސައިންސަސްގެ ޕުރީ ރަޖިސްޓުރޭޝަން އަދި މަތީގައި ދެންނެވުނު ޝަރުޠު ހަމަވާ ލިޔެކިޔުންތަކާއެކު ފޮރިން ރެކްރޫޓްމަންޓް ސެކްޝަނަށް ހުށަހެޅުއްވަމުންނެވެ.

އިތުރު މަޢުލޫމާތު

މަތީގައިވާ މަޤާމުތަކަށް އެޕްލިކޭޝަން ހުށަހަޅާ އޭޖެންސީތަކުން  އޭޖެންސީތަކުގެ ރަޖިސްޓަރީގެ ކޮޕީއެއް (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ) އަދި އޭޖެންސީއަކީ ރާއްޖެއިން ބޭރުން ބިދޭސީ ގެނައުމުގެ މުއްދަތު ހަމަނުވާ ހުއްދަ އޮތް ފަރާތެއްކަން އަންގައިދޭ ކަމާގުޅޭ އިދާރާއިން ދޫކޮށްފައިވާ ލިޔުމުގެ އަސްލު ހުށަހަޅަންވާނެއެވެ.

އަލަށް ގެނެވޭ ބިދޭސީން އެމީހަކު ރާއްޖެ އައުމަށް ކަނޑައެޅިފައިވާ ވަގުތާއި ތާރީޚާއި، އަދި ޓިކެޓުގެ ކޮޕީއެއް މި މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި އެމީހަކު ހުރުމަށް ހަމަޖެހިފައިވާ ގެސްޓްހައުސް ނުވަތަ ހޮޓަލަކާ ހަމައަށް ގެންދިއުމަކީ އޭޖެންސީގެ ޒިންމާއެކެވެ.

އެ ބިދޭސީއަކު މަސައްކަތްކުރަން މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ މަރުކަޒަކަށް ބިދޭސީމީހާ ފޮނުވުމުގެ އިންތިޒާމުތައް މިނިސްޓްރީން ހަމަޖެއްސުމުން އެމަރުކަޒުތަކަށް އެ މުވައްޒަފުން ފޮނުވާނީ އޭޖެންސީތަކުންނެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރަކީ 3014343 ، އަދި އީމެއިލް [email protected] އަށް ފޮނުވުން އެދެމެވެ.

18 ސެޕްޓެންބަރު 2014