މަސައްކަތް
ނަންބަރު: 134-PRO/I/2022/41
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2022
ޕަބްލިޝްކުރި ގަޑި: 16:58
ސުންގަޑި: 01 ޖޫން 2022 01:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޫއްޑޫ ކެމިކަލް ރޫމްގެ މަސައްކަތް ކުރުމާއިބެހޭ

އިޢުލާން ނަންބަރު:134-PROC/I/2022/41

އިޢުލާން

24 މެއި 2022

 

ކޫއްޑޫ ކެމިކަލް ރޫމްގެ މަސައްކަތް ކުރުން

މިކުންފުނިން ހިންގާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް / ގއ.ކޫއްޑޫއަށް ބޭނުންވާ ކެމިކަލް ރައްކާކުރާ ތަނެއް ހެދުމަށް ބޭނުންވާތަކެތި ދިނުމުން މަސައްކަތްކުރަންބޭނުންވާ ސާމާނު އަމިއްލައަށް ހޯދައިގެން މަސައްކަތްކުރުމަށް އަގު ހުށަހެޅުމަށް ހުޅުވާލެވޭ ފުރުޞަތެކެވެ.

 

ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް

ތާރީޙް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

 އީމެއިލް މެދުވެރިކޮށް

 [email protected]

29  މެއި 2022   

 މެންދުރު 12:00ގެ ކުރިން

މަޢުލޫމާތު ކަރުދާސް

 ރެޖިސްޓްރީ ކުރުމަށް ބޭނުން ކުރި އީމެއިލްއަށް

29 މެއި 2022     

 

 މެންދުރުފަހު  02:00ގެ ކުރިން

އަންދާސީ ހިސާބު ހުށަހެޅުން

 އީމެއިލް މެދުވެރިކޮށް

 [email protected]

01 ޖޫން 2022      

 މެންދުރު 01.00ގެ ކުރިން

ބިޑް ހުޅުވުން

 އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ   ހާޒިރުގައި މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް

  

 01 ޖޫން 2022      

 މެންދުރުފަހު  02:00ގައި

 

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

- އިޢުލާން ނަންބަރު

- ކުންފުނީގެ ނަން

- ނަމާއި ފޯނު ނަންބަރު

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ.

ނޯޓް:  ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި  [email protected]  އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

 

24 މޭ 2022