މުބާރާތް
ނަންބަރު: (IUL)247-EDSS/247/2022/47
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2022
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 31 މޭ 2022 14:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީ ރަންއަޑު ޤުރްއާން މުބާރާތް – 1443 ގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުކުރުން

ހޯރަފުށީ ރަންއަޑު ޤުރްއާން މުބާރާތް – 1443 ގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުކުރުން         

        ހޯރަފުށީ ދާއިރާގެ 3 ރަށް ކަމުގައިވާ ހޯރަފުށި، އުލިގަމު އަދި ތުރާކުނަށް ހުޅުވާލައިގެން ހޯރަފުށީ ރަންއަޑު ޤުރްއާން މުބާރާތް 1443 ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އަހަރު މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2022 ޖުލައި 30 ވަނަ ދުވަހު ހޯރަފުށީގައެވެ. މި މުބާރާތުގެ މުޤައްރަރު، މި އިޢުލާނާއިއެކު ޢާއްމުކޮށްފައިވާ "ހޯރަފުށީ ރަންއަޑު ޤުރްއާން މުބާރާތް – 1433" ގައި ބަޔާންކޮށްފައި ވާނެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

 1.   މުބާރާތުގައި ހިމެނޭ ގޮފިތައް

1.1.       ހިތުން ކިޔެވުމުގެ ގޮފި

1.2.       ފޮތުން ކިޔެވުމުގެ ގޮފި

 2.  މުބާރާތުގައި ބައިވެރިވުމުގެ ޝަތުރުތައް

3.1  ހޯރަފުށީ ދާއިރާ ތަމްޘީލްކުރާ ރަށެއްގެ، އިދާރާތަކާ، ސްކޫލް، މަދަރުސާތަކާ، ރަޖިސްޓްރީ ކޮށްފައިވާ ޤުރްއާން ކްލާސްތަކާ، ކުންފުނި އަދި ކްލަބް، ޖަމްޢިއްޔާތައް ތަމްސީލުކުރާ ކެންޑިޑޭޓުންނަށްވުން. ނުވަތަ އަމިއްލަގޮތުން ބައިވެރިވާ ކެނޑިޑޭޓުންނަށްވުން.

3.2  މުބާރާތުގައި ވާދަކުރާ ބައިވެރިންނަކީ ހޯރަފުށީ ދާއިރާގެ ރަށްތަކުގެ ރަށްވެހީން ކަމުގައިވުން. މީގެ އިތުރުން ދާއިރާގެ ރަށްތަކުގެ ސްކޫލް މަދަރުސާތަކުގައި ކިޔަވަމުންދާ ދަރިވަރުންނާ، ރަށުގައި ދިރިއުޅޭތާ 6 މަސްވެފައިވާ ފަރާތްތަކަށްވުން.

3.3  މުބާރާތުގެ އޮޑިޝަނުން ހޮވޭ ފަރާތަކަށްވުން.

 3.   މުބާރާތުގެ އޮޑިޝަން

      އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، މި މުބާރާތުގެ އޮޑިޝަން ބާއްވާނެ ތާރީޚާއި އެކަމާއި ގުޅޭ އިތުރު މަޢުލޫމާތު މި އިދާރާގެ ފަރާތުން އިޢުލާން ކުރާނެއެވެ. އަދި އެ މަޢުލޫމާތުތައް އެޕްލިކޭޝަން ފޯމް ހުށަހެޅި ހުރިހާ ފަރާތްތަކަށް އީމެއިލް ނުވަތަ ފޯން މެދުވެރިކޮށް ޙިއްޞާ ކުރެވޭނެއެވެ.

  4.   މުބާރާތުގައި ބައިވެރިވުން

       މި މުބާރާތުގައި ބައިވެރިވުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ އޮންލައިން ލިންކް މެދުވެރިކޮށް، 2022 މެއި 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޮނުއްވުން އެދެމެވެ. އޮންލައިންކޮށް އެޕްލިކޭޝަން ފޮނުއްވުމަށްފަހު، މި އިދާރާގެ [email protected] އަށް ބައިވެރިޔާ އަދި ބެލެނިވެރިޔާގެ އައިޑީ ކާޑުގެ ސާފުކޮޕީއެއް މެއިލް ކުރައްވަން ވާނެއެވެ. މުބާރާތުގައި/އޮޑިޝަންގައި ބައިވެރިވި ކަމަށް ބެލެވޭނީ އެޕްލިކޭޝަން ޤަބޫލުކުރިކަން ހޯރަފުށީ ކައުންސިލްގެ އިދާރާއިން އެފަރާތަށް އެންގުމުން ނުވަތަ ބައިވެރިންގެ ލިސްޓް ޢާއްމު ކުރުމުންނެވެ.

 އޮންލައިން އެޕްލިކޭޝަން ލިންކް:

https://docs.google.com/forms/d/e/1FAIpQLSdn51rL8K6lzwHhkQVf4kCItrOCX0yvYGg09952AVr2PsVL3g/viewform?usp=sf_link

      މުބާރާތުގައި ބައިވެރިވުމާއި، ޝަރުޠުތަކާއި، އަދި އިތުރު މަޢުލޫމާތު "ހޯރަފުށީ ރަންއަޑު ޤުރްއާން މުބާރާތް – 1443" ގެ ޤަވާޢިދުގައި ހިމެނިފައިވާނެއެވެ. މި މުބާރާތުގެ ޤަވާޢިދު ތިރީގައި ބަޔާންކޮށްފައިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ނުވަތަ ބައިވެރިވާން ބޭނުންވާ ފަރާތުން މި އިދާރާގައި އެދިލެއްވުމުން އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ.

     ޤަވާއިދު ބެލޭނޭ ލިންކް:

https://drive.google.com/file/d/1_eDQz0YuYY7b3rzSkZoPufZLyI5cww-k/view?usp=sharing  

             ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

            23 ޝައްވާލް 1443

            24 މެއި     2022

24 މޭ 2022