ދިވެހިރާއްޖެ
1. މިއިދާރާއިން ދޭ މަޢުލޫމާތަކާއި އެއްގޮތަށް، ށ.މާއުނގޫދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ބޭނުންވާ ޑަސްބިން ފޯރުކޮށްދޭނެ ފަރާތެއްހޯދަން
ބޭނުންވެއެވެ.ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
2. މިމަސައްކަތަށްކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާކުންފުނިތަކަށާއި،
އަމިއްލަ ފަރުދުންގެވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނުނު (2014/19 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި ޖަމިއްޔާތަކާބެހޭ ޤާނޫނު
(ނަންބަރ 1/2003) ގެދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ.
3. މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައިރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 2022 މެއި 29 ވާ އާދިއްތަ
ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުމުން ނުވަތަ [email protected] އަށް މެއިލްކުރެއްވުމުން
ރަޖިސްޓްރީ ކޮށްދެވޭނެއެވެ.
4. މިބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022 މެއި 30 ހޯމަ ދުވަހުގެ
13:00 ގައި މިއިދާރާގައި އޮންނާނެއެވެ.
5.ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2022 ޖޫން 06 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރަގައެވެ. ބީލަންތައް ހުންނަންވާނީ
ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށައަޅާފަރާތުގެ ނަމާއި، ޢިއުލާނު ނަންބަރާއި، ކޮންކަމަށް ހުށައެޅޭ
އަންދާސީހިސާބެއްކަން ލިޔެފައި އޮންނަންވާނެއެވެ.