ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-ES2/1/2014/156
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 23 ސެޕްޓެންބަރު 2014 14:30
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އިންޖިނިއަރ

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ރިކޮންސްޓްރަކްޝަން އޮފް ހަރބަސް ޕްރޮޖެކްޓް ފޭސް 2"  ގެ ދަށުން ޤާއިމުކުރާ ޕީ.އެމް.ޔޫ. ގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޕްރޮޖެކްޓް އިންޖިނިއަރެއްގެ މަޤާމަށް މީހަކު ހޯދުމަށް ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، 21 އޮގަސްޓު 2014 ގައި ކުރެވުނު އިޢުލާން ނަންބަރު IUL)138-ES2/1/2014/142) ބާޠިލުކޮށް، އަލުން އެމަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ. މިގޮތުން މި ޕީ.އެމް.ޔޫ. ގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޕްރޮޖެކްޓް އިންޖިނިއަރެއްގެ މަޤާމަށް މީހަކު ހޯދުމަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި މަޤާމުގެ މަސައްކަތްތަކާއި، މި މަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުޠުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) ތިރީގައިވާ އެޑްރެހުން ލިބެން ހުންނާނެއެވެ.

ވީމާ، މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004300     ފެކްސް: 3004301

އީމެއިލް: [email protected]

14 ޛުލްޤަޢިދާ 1435

09 ސެޕްޓެންބަރު 2014