ދިވެހިރާއްޖެ
މަސައްކަތް
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
(IUL)25-A4/25/2022/15 : ނަންބަރު
އެއްގަމު ދަތުރު ކޮށްދެއްވާނެ ފަރާތެއް ހޯދުން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި މިނިސްޓްރީގެ ބޭނުމަށް އެއްގަމު ދަތުރުތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަމްބަރ: (IUL)25-A4/25/2021/26 (18 މާރިޗު 2021) ބާތިލުކުރުމަށްފަހު، މި މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 26 މެއި 2022 ވަނަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 5 ޖޫން 2022 ވަނަ ދުވަހުގެ 13:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ ނަމްބަރ: 3323400 ފޯނާ ގުޅުއްވުން އެދެމެވެ.
23 މެއި 2022