ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)298/298/2022/28
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2022
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 15 ޖޫން 2022 14:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނެޖްމަންޓް އަށް ވަގުތީ މުވައްޒަފުންގެ ޕޫލެއް އެކުލަވާލުން

މި އިދާރާގެ ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން، ސަލާމާއި ޢާއިލީޒިންމާ، އަދި އަހަރީ ޗުއްޓީގައި ހުންނަ ދުވަސްތަކުގައި، ވަގުތީގޮތުން މަސައްކަތް ކުރުމަށް، ތިރީގައި މިދަންނަވާ މަޤާމްތަކަށް ބޭނުންވާ މުވައްޒަފުންގެ ޕޫލެއް ރަޖިސްޓްރީކުރަން ބޭނުންވެއްޖެއެވެ. މި ޕޫލުގައި ރަޖިސްޓްރީވާ ފަރާތްތަކާ މިކައުންސިލްއިދާރާއާ ދެމެދު 31 ޑިސެމްބަރ 2022 ގެ ނިޔަލަށް އެއްބަސްވުމެއް އެކުލަވާލެވޭނެއެވެ.

 

  • މަޤާމް:                 ވަގުތީ މަސައްކަތު
  • މުސާރައާއި އެލެވަންސް:      ދުވާލަކު -/350ރ (ތިންސަތޭކަ ފަންސާސްރުފިޔާ)
  • މަޤާމް:                 ވަގުތީ ޑްރައިވަރ
  • މުސާރައާއި އެލެވަންސް:      ދުވާލަކު -/450ރ (ހަތަރުސަތޭކަ ފަންސާސް ރުފިޔާ)
  • ފެންވަރު ނުވަތަ ޝަރުޠު:     އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކު ކަމުގައިވުމާއި، ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުމާއި، އަދި ގިނަވަގުތު ހީވާގިކަމާއެކު މަސައްކަތުގައި އުޅެވޭފަދަ މީހަކު ކަމުގައި ވުން.
  • ކުރަންޖެހޭ މައިގަނޑު މަސައްކަތް: ކުނިމެނޭޖްކުރުމުގެ މަސައްކަތް.          

ވީމާ، މިޕޫލުގައި ރަޖިސްޓްރީ ވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ޖޫން 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން އަލިފުށި ކައުންސިލްގެ އިދާރާއަށް ސިޓީފޮނުއްވުން އެދެމެވެ. ސިޓީއާއެކު އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. 

22 މޭ 2022