ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)357-Mm357/357/2022/18
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2022
ޕަބްލިޝްކުރި ގަޑި: 13:52
ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވ.ފުލިދޫ ސްޕޯޓްސް ކުލަބަށް މެމްބަރުން އިތުރުކުރުން

ވ.ފުލިދޫ ސްޕޯޓްސް ކުލަބަށް މެމްބަރުން އިތުރުކުރުން                

            ވ.ފުލިދޫ ސްޕޯޓްސް ކުލަބަށް މެމްބަރުން އިތުރުކުރުމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ.

            ވީމާ، ސްޕޯޓްސް ކުލަބުގެ މެމްބަރުކަމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު 23 މެއި 2022 އިން ފެށިގެން ހުޅުވާލަމެވެ. އަދި 23 މެއި 2022 ވަނަ ދުވަހުން ފެށިގެން ފޯމު މިއިދާރާއިން ލިބިލައްވާނެއެވެ. އަދި 26 ޖޫން 2022 ވަނަ ދުވަހު ވ.ފުލިދޫ ސްޕޯޓްސް ކުލަބުގެ ހިންގާ ކޮމެޓީއަށް މެމްބަރުން ވަނުމަށް ފުރުސަތު ހުޅުވާލެވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ކައުންސިލް މެމްބަރ ޙުސައިން ޝަބީން، ފޯނު ނަމްބަރ: 9941319  ގުޅުއްވުން އެދެމެވެ.         

             ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާނުކުރީމެވެ.

   22 ޝައްވާލު    1443

    23   މެއި     2022

23 މޭ 2022