ވަޒީފާގެ ފުރުޞަތު
ނަންބަރު: NHC/IUL/2014/14
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 21 ސެޕްޓެންބަރު 2014 15:00
ހުވަދު އަތޮޅު ދެކުނުބުރީ ނަޑެއްލާ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

މިދާއިރާގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ރިސެޕްޝަނިސްޓް

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

އޮފީސް

ގދ. ނަޑެއްލާ ސިއްޙީ މަރުކަޒު

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

  1. ހޮސްޕިޓަލަށް ލިބޭ އާމްދަނީ ފައިސާ ބަލައިގަތުމުގެ މަސައްކަތްތަކާއި، އާސަންދައިގެދަށުން ބަލިމީހުންނަށް ބޭސްފަރުވާކުރުމާބެހޭ މުޢާމަލާތްތައް ކުރުން.
  2. ބަލިމީހުންގެ އެޕޮއިންޓްމެންޓް ހެއްދުމާއި، ނަންބަރު ދޫކުރުން.
  3. ރިސެޕްޝަނަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުމާއި، ޒިޔާރަތްކުރާ މީހުންނަށް މަޢުލޫމާތު ދީ މަގުދައްކައިދިނުން.
  4. ހޮސްޕިޓަލަށް ލިބޭ އާމްދަނީ ފައިސާއާމެދު މާލިއްޔަތު ޤަވާޢިދާއެއްގޮތަށް ، އަދި ހޮސްޕިޓަލުން ހަމަޖައްސާފައިވާ އުސޫލަކާ އެއްގޮތަށް ޢަމަލުކުރުން.

ޢާއްމުކޮށް މަސައްކަތް އޮންނާނެ ގަޑި

ސަރުކާރު ރަސްމީ މަސައްކަތު ގަޑި (ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށް )

އިނާޔަތްތައް

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ އެލަވަންސް، އަދި ރިސްކް އެލަވަންސް

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާ އަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެމް.ކިއު.އޭ. ގަބޫލުކުރާ ކަމަށް ތައްގަނޑު ޖަހާފައިވާ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާއިގުޅޭ ތަމްރީން (ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ) ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. މިލިޔުމުގައި ފުރިހަމަކުރި ތަމްރީނާއި ތަމްރީންގެ މުއްދަތު އެނގެން އޮންނަންވާނެއެވެ. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚްތައް އެގެން އޮންނަންވާނެއެވެ.) 

ނޯޓް: ވަޒީފާއާ ނުގުޅޭ ތަމްރީނަކަށް މާރކްސްއެއް ނުލިބޭނެއެވެ.

ސުންގަޑި

21 ސެޕްޓެންބަރު 2014  ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން މި މަރުކަޒުގެ އޮފީހަށް.

އިންޓަރވިއު އޮންނާނެ ތަނާއި، ތާރީޚް:

ގދ. ނަޑެއްލާ ޞިއްޙީ މަރުކަޒު ، އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެތެރޭގައި.

(އިންޓަރވިޔޫ ކުރާނީ ވަޒީފާގެ ޝަރުޠު ހަމަވާ ފަރާތްތަކާ އެކަންޏެވެ.)

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6842612 ، 7782501 އެވެ. ވަޒީފާއަށް އެދޭ ފޯމު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 3:00 އާ ހަމަޔަށް މި މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.

މިމަޤާމަށް ކުރިމަތި ލެއްވޭނީ މީލާދީ ތާރީޚުން ޢުމުރުން 18 އަހަރުފުރި، 55 އަހަރު ނުފުރޭ މީހުންނަށެވެ.

09 ސެޕްޓެންބަރު 2014