ވަޒީފާގެ ފުރުޞަތު
ނަންބަރު: GS04 / Iu / 2014 / 03
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:04
ސުންގަޑި: 21 ސެޕްޓެންބަރު 2014 14:00
ތ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި ސްކޫލަށް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.

މަޤާމު :

އެޑްމިނިސްޓްރޭޓިވް އޮފިސަރ ( މަޤާމުގެ ނަންބަރު : 121187 )

ބޭނުންވާ އަދަދު :

01 ( އެކެއް )

ރޭންކު :

ޖީއެސް 3

މަޤާމުގެ ކްލެސިފިކޭޝަން :

އޮފިސަރ ގްރޭޑް 1

މުސާރަ :

4،465.00 ރުފިޔާ

ސަރވިސް އެލަވަންސް :

މަހަކު 1،500.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި ސެކްޝަން:

ތ.އަތޮޅު ތަޢުލީމީމަރުކަޒު / ތ. ތިމަރަފުށި

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު / ތަޢުލީމާ، ތަޖުރިބާތައް:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިޙާނުގެ ދެމާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން. އޭގެ އިތުރުން އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ފާސް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. އިދާރާއަށް ލިބޭ އެންމެހާ ފައިސާ ބަލައިގަނެ ރަސީދު ހަދައި ދުވަހު ފޮތާއި، އައިޓަމް ބާކީ ފޮތާއި، ތިޖޫރީ ބާކީ އަދި ބަޖެޓް ފައިސާ އެއްނަމަ ބަޖެޓް ފޮތްތަކުގައި ލިޔެ ލިބޭ ފައިސާ ދުވަހުން ދުވަހަށް ތިޖޫރިއާ ހަވާލުވެ ހުރި މުވައްޒަފަކާއި ފައިސާ ހަވާލުކޮށް ސޮއި ކުރުވުން

2. މަހަކު އެއްފަހަރު ތައްޔާރުކޮށް ފޮނުވަންޖެހޭ ބަޖެޓް ރިޕޯޓު، ބޭންކު ރިކޮންސިލޭޝަން ސްޓޭޓްމަންޓް، ތިޖޫރީ ރިޕޯޓު އަދި އެހެނިހެން ފައިސާގެ ރިޕޯޓުތަކާއި އަދި އަހަރަކު އެއްފަހަރު ފޮނުވަންޖެހޭ މާލީ ހިސާބުގެ ރިޕޯޓު ތައްޔާރުކޮށް ފޮނުވުމާއި، ފައިލްކޮށް ބެލެހެއްޓުން

3. ސްކޫލުގެ އިންވެންޓްރީ ބަރާބަރަށް އަޕްޑޭޓުކޮށް ބެލެހެއްޓުމާއި އިންވެންޓްރީއަށް ވައްދަންޖެހޭ އެއްޗެހި ދުވަހުން ދުވަހަށް އިންވެންޓްރީއަށް ވައްދައި އަދި ނައްތާލަންޖެހޭ އެއްޗެހި ނައްތާލުމާއި ސްޓޮކް ބެލެހެއްޓުން.

4. ސްކޫލާއި ސްކޫލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި ބާވެ ނައްތާލަންޖެހޭ ތަކެތި ގަވާއިދުން ނައްތާލުމާއި، ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމާބެހޭ ގޮތުން ކުރަންޖެހޭ އެންމެހާ މުޢާމަލާތް ހިންގުން

5. ސްކޫލުން ކުރިއަށް ގެންދާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

3. މަސައްކަތު ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި އިންޓަވިއު އަށް ހާޒިރުވުމަށް އެންގޭނެއެވެ. އިންޓަވިޔު އަށް ހާޒިރުވުމަށް ކިޔާނީ މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

އުޖޫރައާއި އިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އިނާޔަތްތައް ދެވެނޭއެވެ.

ޗުއްޓީ:

ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތައް ޗުއްޓީ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު ( ތ. އަތޮޅު ތަޢުލީމީ މަރުކަޒުންނާއި، ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ. )

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތައް ( އެކްރެޑިޓް ކޮށްފައިވާ ) ލިބިފައިވާ ތަމްރީނުތައް ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ( ދެފުށުގެ ލިޔުންތައް ސާފުކޮށް ކިޔަން އެނގޭ ). ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ). ސީވީ ތައްޔާރު ކުރަންވާނީ ވަޒީފާއަށް އެދޭ ފޯމާ އެކުގައިވާ ނަމޫނާއާއި އެއްގޮތަށެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780015 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6780602 އެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.

 

11 ސެޕްޓެންބަރު 2014