ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-ESMS/2022/30
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2022
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި: 01 ޖޫން 2022 14:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯސްޓަލް ނެވިގޭޝަން ކޯހާއިގުޅޭ

އިޢުލާން

 

ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް) ގެފަރާތުން ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާއަތު ކުރިއަރުވާ ދެމެހެއްޓުމުގެ ބޭނުމުގައި އެޖަމްޢިއްޔާއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކެޕްޓަނުން އުފެއްދުމުގެ ޕްރޮގްރާމެއް ހިންގުމަށްވަނީ ނިންމަވާފައެވެ. މިޕްރޮގްރާމުގައި 50 ދިވެހި ކެޕްޓަނުން އުފައްދާ އަދި ކޯސްފުރިހަމަކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ކަށަވަރުކޮށްދިނުމަށްވެސް ވަނީ ނިންމަވާފައެވެ. މިކޯސްތަކަކީ އެ ޖަމްޢިއްޔާއިން ކޯސްފީ ސްޕޮންސަރކުރާ ކޯސްތަކަކަށްވާތީ، ބައިވެރިން ކަނޑައެޅުމަށް ހަމަޖައްސާފައިވަނީ ކޯހަށްއެދި ހުށަހަޅާ ފަރާތްތަކާއި އިންޓަވިއު ކޮށްގެންނެވެ.

ކޯހާބެހޭ މަޢުލޫމާތު

  • ކޯހުގެ ނަން:            ކޯސްޓަލް ނެވިގޭޝަން ކޯސް (CNC)
  • ކޯހުގެ މުއްދަތު:          150 ގަޑިއިރު (ކޮންޓެންޓް)
  • ކޯސްހިންގާނެ ތާރީޚް:       01 އޮގަސްޓް 2022 އިން 31 އޮގަސްޓް 2022 އަށް.
  • ކޯސް ހިންގާނެ ތަން:        ސެންޓަރ ފޯ މެރިޓައިމް ސްޓަޑީސް. ވިލިމާލެ.

 

މިކޯހާބެހޭ އިތުރު މަޢުލޫމާތު ހިމެނޭ ޝީޓެއް މި އިޢުލާނާއެކު އާއްމުކުރެވިފައިވާނެއެވެ.

23 މޭ 2022