މަސައްކަތް
ނަންބަރު: (IUL)289/289/2022/20
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2022
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 30 މޭ 2022 11:00
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ލަންދޫ ކައުންސިލު އިދާރާގެ ދެކުނުފަރާތު މަގުފާރު ރާނަދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ނ.ލަންދޫ ކައުންސިލު އިދާރާގެ ދެކުނުފަރާތު މަގުފާރު ރާނަދޭނެ ފަރާތެއް ހޯދުން.               

             މި ކައުންސިލު އިދާރާގެ ދެކުނުފަރާތުމަގުފާރު ޕައުންޑޭޝަން އަޅާ ރާނާ ތަނބުޖަހާ  މަތީބެރިދުއްވާ ފާރުގެ ދެފަރާތުގައި ސިމެންތިޖެހުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

             ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚާއި ގަޑިއަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި  ބައިވެރިވެލެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް އަންދާސީ ހިސާބުޙިއްޕަވައިގެން  މ އިދާރާއަށް ޙާޟިރުވެދެއްވުން އެދެމެވެ.

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

އަންދާސީ ހިސާބުހުށަހެޅުމާއި ކެނޑުމުގެ ބައްދަލުވުން

ތާރީޚާއި ގަޑި 30 މެއި 2022 ( 11:00 )

ތާރީޚާއި ގަޑި 01 ޖޫން  2022 ( 11:00 )

        

         ވީމާ،  މިކަމަށްޝައުޤުވެރިވާ  ފަރާތްތަކުން  މިއިދާރާއަށް  ދުރުވެ ، މަޢުލޫމާތު  ސާފުކުރެއްވުމަށްފަހު

އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާ ފަރާތުގެ އައި.ޑީކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުއްވުން       ވުންއެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއިއެކު ހުށަ

ހެޅުއްވުން އެދެމެވެ.

           މަޢުލޫމާތު ސާފުކުރުމުގެ  ބައްދަލުވުމުގައި  އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ  ބައްދަލުވުމުގައި ކޮންމެ  ބޭފުޅަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް  ވަޑައިނުގަންނަވާ ފަރާތްތަކުން  ހުށަހަޅުއްވާ  އަންދާސީ ހިސާބާއި ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު، ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު  ބޭނުންފުޅުވެލައްވާނަމަ ރަސްމީ ގަޑީގައި 6560007 ފޯނަށް ގުޅުއްވުންއެދެމެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

            22 ސައްވާލު  1443

             23 މެއި   2022

23 މޭ 2022