ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)302-E/302/2022/16
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2022
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި:
31 މޭ 2022 14:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަނޑުބިން ދޫކުރުމާއިގުޅޭ
ދަނޑުވެރިކަން ކުރުމަށްޓަކައި ރ. ހުޅުދުއްފާރުން ބިން ދޫކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.
- ދޫކުރުމަށް ހަމަޖެހިފައިވާ ބިން: ހުޅުދުއްފާރު ޞިއްޙީމަރުކަޒުގެ ދެކުނުން، ދަނޑުވެރިކަމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދުން 3000 އަކަފޫޓް ގެ 08 ބިން.
- ބިންދޫކުރާ މުއްދަތު: 01 އަހަރު ދުވަސް (މުއްދަތު ހަމަވުމަށްފަހު ދަނޑުބިން ލިބޭ ފަރާތުން އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ބޭނުންނަމަ، އެފަރާތުން ކޮށްފައިވާ މަސައްކަތްތައް ކައުންސިލުން ބެލުމަށްފަހު އިތުރު އެއް އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރު ކުރެވިދާނެއެވެ.)
މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 31 މެއި 2022 ވަނަ ދުވަހު ކައުންސިލް އިދާރާ ބަންދުވުމުގެކުރިން ސިޓީއަކުން އެކަން މިއިދާރާއަށް އެންގުމަށް ދަންނަވަމެވެ. ދޫކުރަން ކަނޑައެޅިފައިވާ ބިމުގެ އަދަދަށްވުރެ ބިމަށް އެދުނު ފަރާތްތައް ގިނަކަމަށްވާނަމަ، ދަނޑުބިންލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުންނެވެ. ދަނޑުބިން ދޫކުރެވޭނީ ހުޅުދުއްފާރުގެ ރައްޔިތުންނަށެވެ. އަދި ކޮންމެ ބޭފުޅަކަށްވެސް ދޫކުރެވޭނީ 3000 އަކަފޫޓުގެ 01 ބިމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
23 މޭ 2022