ދިވެހިރާއްޖެ
ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުން
މި ކައުންސިލުން ބޭނުންވާ ކަންކަމުގައި ޤާނޫނީ ލަފާ ހިލޭ ދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.
ޝަރުތު:
- ޤާނޫނީ ދާއިރާއިން ދަށްވެގެން ބެޗްލާސް ޑިގްރީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ނުވަތަ 8 ވަނަ ސަނަދު) ޙާޞިލްކޮށްފައިވުން އަދި
- ދިވެހިރާއްޖޭގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިއޮތުން.
ސުންގަޑި:
މި ކަމަށް ޝައުގުވެރިވެލައްވާ ފާރާތްތަކުން 2022 މެއި 31 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ލިޔެކިއުން ހުށަހެޅުއްވުން އެދެމެވެ. އީމެއިލް އެޑްރެސް: [email protected]މެދުވެރިކޮށް ލިޔެކިއުން ބަލައިގަނެވޭނެއެވެ. އަދި ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ލިޔެކިއުމެއް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ހުށަހަޅަންޖެހޭ ލިއުންތަށް:
- Ø އަމިއްލަ ފަރާތެއްނަމަ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ (އަސްލާއި އެއްގޮތަކަމުގެ ތައްގަނޑު ޖަހާފައި)
- Ø ކޮންސަލްޓަންސީ ފާރމެއް ނުވަތަ ކުންފުންޏެއްނަމަ ރަޖިސްޓްރޭޝަން ކޮޕީ އަދި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
- Ø ޕްރޮފައިލް
- Ø ތަޖުރިބާ ލިޔުންތައް
އިތުރު މަޢުލޫމާތު ސާފްކުރުން:
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވެލައްވާނަމަ މި ކައުންސިލާއި ގުޅައިގެން ނުވަތަ އީމެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. ) ފޯނު ނަންބަރ: 6500039 / އީމެއިލް އެޑްރެސް: [email protected] (
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.