މުބާރާތް
ނަންބަރު: (IUL)335-AS/335/2022/66
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2022
ޕަބްލިޝްކުރި ގަޑި: 09:48
ސުންގަޑި: 02 ޖޫން 2022 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ 3 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ 3 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

          ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސާ، ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި ކައުންސިލްގެ 3 ވަނަ ޤުރުއާން މުބާރާތް 23 ޖޫން 2022 ން 25 ޖޫން 2022 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

           ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 22 މެއި 2022 ން ފެށިގެން 02 ޖޫން 2022 ގެ 14:00 ގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްގެ އިދާރާއިންނާއި ހިންމަފުށީ ސްކޫލުން އަދި މި އިޢުލާނުގެ ގެޒެޓް ލިންކުންނެވެ.

           އަދި މިމުބާރާތަކީ މިރަށުގައި ދިރިއުޅޭ އެންމެހައި ބޭފުޅުންނަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ މުބާރާތެކެވެ.

           މުބާރާތުގެ ޤަވާޢިދު މިއިޢުލާނާއެކު ޢާއްމުކުރީމެވެ.

           މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 މޭ 2022