ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/22/2014/78
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:21
ސުންގަޑި: 23 ސެޕްޓެންބަރު 2014 14:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ

މަޤާމު: އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ

ބޭނުންވާ އަދަދު: 01

ރޭންކް: ޖީ.އެސް 4

ކްލެސިފިކޭޝަން : އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2  

މުސާރަ : -/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން : އެޑިޔުކޭޝަން އިންފޮމޭޝަން މެނޭޖްމަންޓް ޔުނިޓް، ޕޮލިސީ ޕްލޭނިންގ އެންޑް ރިސަރޗް ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލުތަކުގެ ތަފާސްހިސާބު އެއްކުރުމަށްޓަކައި ބެނޫންވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން ސަދަން ސަރަހައްދު އަތޮޅުތަކުގެ (ފ، ދ، ތ، ލ، ގއ، ގދ، ޏ) ކޮންމެ ސްކޫލަކުން ތަފާސްހިސާބު ހޯދުން.
  2. ސަދަން ސަރަހައްދު އަތޮޅުތަކުގެ (ފ، ދ، ތ، ލ، ގއ، ގދ، ޏ) ސްކޫލުތަކުން ހޯދޭ ތަފާސްހިސާބު ޑާޓާބޭސްއަށް އެޅުން.
  3. ސަދަން ސަރަހައްދު އަތޮޅުތަކުގެ ސްކޫލުތަކުން ހޯދާ މަޢުލޫމާތު، ތަފާސްހިސާބު ފޮތަށް ބޭނުންވާ ފޯމެޓަށް އެންޓާކުރުން.
  4. ސަދަން ސަރަހައްދު އަތޮޅުތަކުގެ (ފ، ދ، ތ، ލ، ގއ، ގދ، ޏ) ސްކޫލުތަކުން ހޯދާ މަޢުލޫމާތު، ޞައްޙަތޯ ބެލުމަށްޓަކައި ކުރީގެ މަޢުލޫމާތާއި އަޅާބަލައި ގެނަންޖެހޭ އިސްލާޙީ ބަދަލުތައް ސްކޫލާ ގުޅިގެން ގެނައުން.
  5. ސަދަން ސަރަހައްދު އަތޮޅުތަކުގެ (ފ، ދ، ތ، ލ، ގއ، ގދ، ޏ) ސްކޫލުތަކަށް އަމާޒުކޮށްގެން ހިންގާ ވޯރކްޝޮޕްތަށް ރާވައި ހިންގުމުގައި އިސްވެރިޔާއަށް އެހީތެރިވެ ދިނުން.
  6. ސަދަން ސަރަހައްދު އަތޮޅުތަކުގެ (ފ، ދ، ތ، ލ، ގއ، ގދ، ޏ) ދިރިއުޅޭ ދަރިވަރުން ގެ ތެރެއިން ސްކޫލަށް ނުދާ ދަރިވަރުންގެ މަޢުލޫމާތު ހޯދުން.
  7. ސަދަން ސަރަހައްދު އަތޮޅުތަކުގެ (ފ، ދ، ތ، ލ، ގއ، ގދ، ޏ) ދިރިއުޅޭ ދަރިވަރުންގެ ތެރެއިން ސްކޫލަށް ދާންފެށުމަށްފަހު މެދުކަނޑާލައިފައިވާ ދަރިވަރުންގެ މަޢުލޫމާތު ހޯދުން.
  8. ސަދަން ސަރަހައްދު އަތޮޅުތަކުގެ (ފ، ދ، ތ، ލ، ގއ، ގދ، ޏ) ހުރިހާ ސްކޫލެއްގެ ސާނަވީ އިމްތިޙާނުގެ ނަތީޖާ އެނަލައިޒްކޮށް ސްކޫލުތަކުގެ އެކަޑަމިކް ޕާރފޯމަންސް ބެލުމުގައި އިސްވެރިޔާއަށް އެހީތެރިވެދިނުން.
  9. ސަދަން ސަރަހައްދު އަތޮޅުތަކުގެ (ފ، ދ، ތ، ލ، ގއ، ގދ، ޏ) ހުރިހާ ސްކޫލެއްގެ މަތީ ސާނަވީ އިމްތިޙާނުގެ ނަތީޖާ އެނަލައިޒްކޮށް ސްކޫލުތަކުގެ އެކަޑަމިކް ޕާރފޯމަންސް ބެލުމުގައި އިސްވެރިޔާއަށް އެހީތެރިވެދިނުން.
  10. ސަދަން ސަރަހައްދު އަތޮޅުތަކުގެ (ފ، ދ، ތ، ލ، ގއ، ގދ، ޏ) ހުރިހާ ސްކޫލެއްގެ ބަޖެޓުހެދުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގައި އިސްވެރިޔާއަށް އެހީތެރިވެދިނުން.
  11. ސަދަން ސަރަހައްދު އަތޮޅުތަކުގެ (ފ، ދ، ތ، ލ، ގއ، ގދ، ޏ) ހުރިހާ ސްކޫލު ތަކުގައި މަސައްކަތްކުރަމުންދާ ހުރިހާ މުވައްޒަފުންގެ މަޢުލޫމާތު ހޯދުން.
  12. ސަދަން ސަރަހައްދު އަތޮޅުތަކުގެ (ފ، ދ، ތ، ލ، ގއ، ގދ، ޏ) ސްކޫލުގެ ދުވަހުންދުވަހަށް އަޕްޑޭޓްކުރުން.

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ 24 ސެޕްޓެންބަރު – 02 އޮކްޓޫބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި، މި މިނިސްޓްރިގެ ވެބްސައިޓް www.moe.gov.mv އިން ލިބިވަޑައިނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2014 ސެޕްޓެންބަރު 23 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

15 ސެޕްޓެންބަރު 2014