ދިވެހިރާއްޖެ
އިޢުލާނު
|
|
މަޤާމު: |
ކޮމްޕްލަޔަންސް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-347172 |
ބޭނުންވާ އަދަދު: |
1 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
އެމް.އެސް 2 |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މިނިސްޓްރީ އޮފް އެޑިޔުކޭޝަން |
މުސާރަ: |
6,295.00 |
ސަރވިސް އެލަވަންސް: |
2,000.00 |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. މިނިސްޓްރީ އަށް ހުށަހެޅޭ މައްސަލަތަކާއި ޝަކުވާތަކާއި ގުޅޭ އެންމެހާ މަޢުލޫމާތު ރެޖިސްޓަރކޮށް ބެލެހެއްޓުން. 2. މިނިސްޓްރީ އަށް ހުށަހެޅޭ މައްސަލަތަކާއި ޝަކުވާތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން. 3. މައްސަލަތަކާއި ގުޅިގެން ހިންގަންޖެހޭ އިދާރީ ތަޙްޤީޤުތަކުގައި ބައިވެރިވެ އެހީތެރިވެދިނުން. 4. ސެކްޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑު ބެލެހެއްޓުން. 5. ސެކްޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ހަވާލުކުރެވޭ މައްސަލަތައް ބަލައި ޖަވާބުދޭންޖެހޭ ފަރާތްތަކަށް ޖަވާބުދިނުން. 6. ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުވައްސަސާތަކުން މިނިސްޓްރީ އާއި ދާއިރާގެ ޑިޕާރޓްމަންޓްތަކާއި، ސްކޫލްތަކުގެ މުވައްޒަފުން ނުވަތަ މުވައްޒަފަކާ ގުޅޭގޮތުން ފޮނުއްވާ މައްސަލަތަކާއި ލިޔުންތަކުގެ ތެރެއިން ސެކްޝަނަށް އަންނަ މައްސަލަތަކުގެ ތެރެއިން ހަވާލުކުރެވޭ މައްސަލަތަކާއި ލިޔުންތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ޖަވާބުދިނުން. 7. ސިވިލް ސަރވިސް ކޮމިޝަނުން ކުރިއަށް ގެންދާ ޕޯސްޓް އެމްޕްލޮއިމެންޓް އޮޑިޓްތަކާ ގުޅިގެން އިސްލާޙުކުރުމަށް އަންގާ ކަންކަން އިސްލާހުކުރުމަށް ދާއިރާގެ ތަންތަނަށް އަންގައި، އެކަންކަން އިސްލާހުކުރުމުން ކަމާގުޅޭ ލިޔުންތަކާއެކު ކޮމިޝަނަށް ފޮނުވުން. 8. ސެކްޝަނަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅެމުންދާމިންވަރު ބަލާ މޮނިޓަރކުރުން. 9. ސިވިލް ސަރވިސް ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މުވައްސަސާތަކުން އެކި މައްސަލަތަކާގުޅިގެން ހޯދަންބޭނުންވާ ލިޔުންތައް ފޮނުވުމާއި، އެތަންތަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މިނިސްޓްރީން ބެލުމަށް އަންގާ މައްސަލަތައް ބެލުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ ކަންތައްތައް ކުރުން. 10. ސިވިލް ސަރވިސް ކޮމިޝަނުން ކުރިއަށް ގެންދާ ޕޯސްޓް އެމްޕްލޮއިމެންޓް އޮޑިޓްތަކާ ގުޅިގެން އިސްލާޙުކުރުމަށް އަންގާ ކަންކަން އިސްލާހުކުރުމަށް ދާއިރާގެ ތަންތަނަށް އެންގުމާގުޅޭގޮތުން ކުރަންޖެހޭ އިދާރީ ކަންތައްތައް ކުރުން. 11. ސިވިލް ސަރވިސް ކޮމިޝަނުން ކުރިއަށް ގެންދާ ޕޯސްޓް އެމްޕްލޮއިމެންޓް އޮޑިޓްތަކާ ގުޅިގެން އިސްލާޙުކުރުމަށް އަންގާ ކަންކަން އިސްލާހުކުރުމަށް ދާއިރާގެ ތަންތަނަށް އެންގުމާގުޅޭގޮތުން ކުރަންޖެހޭ އިދާރީ ކަންތައްތައް ކުރުން. 12. މިނިސްޓްރީއާއި ދާއިރާގެ ޑިޕާރޓްމަންޓްތަކާއި، ސްކޫލްތަކުގެ މުވައްޒަފުން ނުވަތަ މުވައްޒަފަކާ ގުޅޭގޮތުން މިނިސްޓްރީއަށް ހުށަހެޅޭ،ޝަކުވާތަކާއި މައްސަލަތައް ބަލައި، ރިޕޯޓް ތައްޔާރުކޮށް، ޕާރމަނަންޓް ސެކްރެޓަރީއަށް ހުށަހެޅުމާއެކު، މައްސަލަ ނުވަތަ ޝަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން ޖަވާބު ފޮނުވުން. 13. މިނިސްޓްރީ އާއި ދާއިރާގެ ޑިޕާރޓްމަންޓްތަކާއި، ސްކޫލްތަކުގެ މުވައްޒަފުން ނުވަތަ މުވައްޒަފަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބެލުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 14. މިނިސްޓްރީ އާއި ދާއިރާގެ ޑިޕާރޓްމަންޓްތަކާއި، ސްކޫލްތަކުގެ މުވައްޒަފުން ނުވަތަ މުވައްޒަފަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބެލުމުގެ ގޮތުން އަތޮޅުތެރޭ ސްކޫލަށް ދާންޖެހިއްޖެ ހާލަތެއްގައި އެ ދަތުރުގައި ބައިވެރިވުން. 15. ދާއިރާގެ ތަންތަނުގެ މުދަލާއި ފައިސާ އާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގައި، ސެކްޝަނަށް އިދާރީގޮތުން ވާންޖެހޭ އެހީތެރިކަން ވުން.
|
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. |
މަޤާމުގެ ތަޢުލީމީ ރޮނގުތައް: އެކައުންޓިންގ ބިޒްނަސް އެޑްމިނިސްޓްރޭޝަން ބިޒްނަސް މެނޭޖްމަންޓް އެޑިއުކޭޝަން ފައިނޭންސް ހިޔުމަން ރިސޯސް މެނޭޖްމަންޓް ޕަބްލިކް އެޑްމިނިސްޓްރޭޝަން ސްޕެޝަލައިޒްޑް ސަބްޖެކްޓް ޓީޗިންގ
ޕްރިފަރޑް ޑިސިޕްލިން : ނެތް
މަޤާމަށް ކޯ ޑިސިޕްލިން: ހިޔުމަން ރިސޯސް މެނޭޖްމަންޓް
|
|
ގުޅޭ ވަޒީފާގެ ދާއިރާތައް: ހިއުމަން ރިސޯސް |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 މެއި 2022 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ ލިންކު މެދުވެރިކޮށެވެ. shorturl.at/fhjA1 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ. |
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ 01 ޖޫން 2022 އާއި 15 ޖޫން 2022 އާއި ދެމެދު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިހާން އަދި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341448 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |