ދިވެހިރާއްޖެ
މި ކޯޕަރޭޝަނުން ހުޅުމާލޭ އިންޑޯ ސްޕޯޓްސް ކޮޕްލެކްސް އިމާރާތުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯ ޝެއާޑް ކިޗެންއަށް ބޭނުންވާ ބައެއް ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން 15 މޭ 2022 ގައި ކޮށްފައިވާ ނަންބަރު (IUL)-BCC/PRC/2022/23 އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހަށް ބަދަލުތަކެއް ގެންނަން ބޭނުންވާތީ، ދެންނެވުނު އިޢުލާނު ބާތިލުކޮށް މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސިހިސާބު ހުށަހެޅުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ގަންނަން ބޭނުންވާ ތަކެތީގެ ތަފްސީލާއި އަދަދު އަދި ސްޕެސިފިކޭޝަން މި އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހުންނާއި، އިކުއިޕްމަންޓް ލިސްޓުން ލިބޭނެއެވެ.
ވީމާ، މި ތަކެތި ސަޕްލައިކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަން |
ދުވަސް |
ތާރީޚް |
ވަގުތު |
އަންދާސީހިސާބު ހުށަހެޅުން |
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، މ. ކަނީރުވިލާ (ފުރަތަމަ ފަންގިފިލާ) |
އާދީއްތަ |
05 ޖޫން 2022 |
10:00 |
ބީލާމާބެހޭ މަޢުލޫމާތު
ހ. މި މަސައްކަތާ ގުޅޭ އެންމެހާ މައުލޫމާތު މި އިޢުލާނާއެކު އެޓޭޗް ކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނައިފައިވާނެއެވެ. އަންދާސީ ހިސާބުތައް ތައްޔާރު ކުރައްވަން ވާނީ މި މަޢުލޫމާތު ކަރުދާހުގައި ވާ ކަންތަކަށް ސަމާލުކަން ދެއްވައިގެންނެވެ. މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް އިވެލުއޭޝަންގައި ބާތިލުކުރެވޭނެއެވެ.
ށ. ބީލަން ހުޅުވުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ލިބޭ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.
ނ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްގެން ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ސޯލްޕްރޮޕްރައިޓަރ ފަދަ ވިޔަފާރިކުރާ، ކުދި އަދި މެދުފަންތީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ނަންބަރު ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން
މ. ކަނީރުވިލާ، އޯކިޑް މަގު، މާލެ
ފޯނު: 3305555، 3010613
އީމެއިލް: [email protected]
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.