ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-KC/2022/11
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2022
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 29 މޭ 2022 12:00
ކުޅުދުއްފުށީ ކެމްޕަސް/ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެމް.އެން.ޔޫ ކުޅުދުއްފުށި ކެމްޕަސް: 2022ގެ ފުރަތަމަ ޓާރމުގެ ފައިނަލް އިމްތިހާނަށް އިންވިޖިލޭޓަރުން ހޯދުމަށް

އެގްޒާމް އިންވިޖިލޭޓަރ

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިމްތިޙާނު ހދ.ކުޅުދުއްފުށި ކެމްޕަހުގައި ބޭއްވުމަށް އިންވިޖިލޭޓަރުން ބޭނުންވެއެވެ.

މަޤާމު:

އެގްޒާމް އިންވިޖިލޭޓާރ

ބޭނުންވާ އަދަދު:

04

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ހދ.ކުޅުދުއްފުށި ކެމްޕަސް

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)

މަޤާމުުގެ ޝަރުތު:

  • ދިވެހި ރައްޔިތަކަށްވުން
  • ޢުމުރުން 18 އަހަރު ފުރިފައިވުން
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން
  • އިމްތިޙާނުގެ ކެނޑިޑޭޓެއް ކަމުގައި ނުވުން
  • އިމްތިޙާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން

ނޯޓް: މަތީގައިވާ ޝަރުތުތަކުގެ އިތުރުން، އިންވިޖިލޭޓަރުން ހޮވުމުގައި ބަލާނެ މައިގަޑު ކަންތައްތަކުގެ ތެރޭގައި މަސައްކަތަށް ވަގުތު ދެވޭނެ މިންވަރާއި، އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސަނަދު ހިމެނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ 05 ޖޫން 2022 އިން 18 ޖޫން 2022 އަށް، އެކި ސެޝަންތަކަށް ބަހާލައިގެން، ހެނދުނާއި، މެންދުރުފަހުއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތައް:

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ސުންގަޑި:

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ 29 މެއި 2022 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ނުވަތަ ކުޅުދުއްފުށި ކެމްޕަހުގެ އޮފީހަށް  ނުވަތަ އީމެއިލް މެދުވެރިކޮށް، [email protected] އަށެވެ.

ހުށައަޅަންޖެހޭ ލިޔުންތައް:

  • އިންވިޖިލޭޓަރުކަން ކުރުމަށްއެދި ހުށަހަޅާ ފޯމް (މި ފޯމް ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ކުޅުދުއްފުށި ކެމްޕަހުގެ އޮފީހުންނާއި ތިރީގައިވާ ލިންކް އިން ލިބެންހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-1.pdf

  • - ވަނަވަރު (ސީވީ)
  • - ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • - ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 ނުވަތަ 3345227 އަށެވެ.

22 މޭ 2022