ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/22/2014/77
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 19:08
ސުންގަޑި: 23 ސެޕްޓެންބަރު 2014 14:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ

މަޤާމު: ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ

ބޭނުންވާ އަދަދު: 01

ރޭންކް: އެމް.އެސް 3

ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

މުސާރަ: -/7035 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން : އެޑިޔުކޭޝަން އިންފޮމޭޝަން މެނޭޖްމަންޓް ޔުނިޓް، ޕޮލިސީ ޕްލޭނިންގ އެންޑް ރިސަރޗް ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

                        

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލުތަކުގެ ތަފާސްހިސާބު އެއްކުރުމަށްޓަކައި ބެނޫންވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން މާލެ ސަރަހައްދުގެ ކޮންމެ ސްކޫލަކުން ތަފާސްހިސާބު އެއްކުރުން.
  2. މާލެ ސަރަހައްދުގެ ސްކޫލުތަކުން ހޯދޭ ތަފަސްހިސާބު ޑާޓާބޭސްއަށް އެޅުން.
  3. ސަދަން ސަރަހައްދު އަތޮޅުތަކުގެ ސްކޫލުތަކުން ހޯދާ މަޢުލޫމާތު، ތަފާސްހިސާބު ފޮތަށް ބޭނުންވާ ފޯމެޓަށް އެންޓާކުރުން.
  4. މާލެ ސަރަހައްދުގެ ސްކޫލުތަކުން ހޯދާ މަޢުލޫމާތު، ސައްހަތޯ ބެލުމަށްޓަކައި ކުރީގެ މަޢުލޫމާތާއި އަޅުވާބަލައި ގެނަންޖެހޭ އިސްލާޙީ ބަދަލުތައް ސްކޫލާ ގުޅިގެން ގެނައުން.
  5. މާލެ ސަރަހައްދުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ހިންގާ ވޯރކްޝޮޕްތަށް ރާވައި ހިންގުމުގައި އިސްވެރިޔާއަށް އެހީތެރިވެ ދިނުން.
  6. މާލެ ސަރަހައްދުގެ ދިރިއުޅޭ ދަރިވަރުންގެ ތެރެއިން ސްކޫލަށް ނުދާ ދައިވަރުންގެ މަޢުލޫމާތު ހޯދުން.
  7. މާލެ ސަރަހައްދުގެ ދިރިއުޅޭ ދަރިވަރުންގެ ތެރެއިން ސްކޫލަށް ދާން ފެށުމަށްފަހު މެދުކަނޑާލައިފައިވާ ދަރިވަރުންގެ މަޢުލޫމާތު ހޯދުން.
  8. މާލެ ސަރަހައްދުގެ ހުރިހާ ސްކޫލެއްގެ ސާނަވީ އިމްތިޙާނުގެ ނަތީޖާ އެނަލައިޒްކޮށް ސްކޫލުތަކުގެ އެކަޑަމިކް ޕާރފޯމަންސް ބެލުމުގައި އިސްވެރިޔާއަށް އެހީތެރިވެދިނުން.
  9. މާލެ ސަރަހައްދުގެ ހުރިހާ ސްކޫލެއްގެ މަތީ ސާނަވީ އިމްތިޙާނުގެ ނަތީޖާ އެނަލައިޒްކޮށް ސްކޫލުތަކުގެ އެކަޑަމިކް ޕާރފޯމަންސް ބެލުމުގައި އިސްވެރިޔާއަށް އެހީތެރިވެދިނުން.
  10. މާލެ ސަރަހައްދުގެ ހުރިހާ ސްކޫލެއްގެ ބަޖެޓު ހެދުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގައި އިސްވެރިޔާއަށް އެހީތެރިވެދިނުން.
  11. މާލެ ސަރަހައްދުގެ ހުރިހާ ސްކޫލު ތަކުގައި މަސައްކަތް ކުރމުންދާ ހުރިހާ މުވައްޒަފުންގެ މަޢުލޫމާތު ހޯދުން.

 

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ 24 ސެޕްޓެންބަރު – 02 އޮކްޓޫބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2014 ސެޕްޓެންބަރު 23 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

 

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުއްވުން އެދެމެވެ. 

15 ސެޕްޓެންބަރު 2014