ދިވެހިރާއްޖެ
އިޢުލާން
2022-2023 ވަނަ އަހަރު މިސްކޫލުގެ LKG،UKGއަދި ގްރޭޑް 1 ށް ދަރިވަރުން ވެއްދުމާބެހޭ
2022-2023 ވަނަ އަހަރު މިސްކޫލުގެ LKG ، UKG އަދި ގްރޭޑް1 ށް ވަންނަން އެދޭ ދަރިވަރުންނަށް ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ، 22 މެއި 2022 ން ފެށިގެން 30 މެއި 2022 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށް ސްކޫލް އޮފީހުގައެވެ.
އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުޞޫލާއި އެއްގޮތަށެވެ.
އެލް.ކޭ.ޖީ |
- 2022 ވަނަ އަހަރުގެ ޖުލައި 31 ށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން |
ޔޫ.ކޭ.ޖީ |
- އެލް.ކޭ.ޖީ ފުރިހަމަކޮށް، 2022 ޖުލައި 31 ށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން |
ގްރޭޑް 1 |
- 2 އަހަރު ޕްރީ ސްކޫލް ޕްރޮގްރާމް ފުރިހަމަކޮށް، 2022 ޖުލައި 31 ށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން. |
ވީމާ، މަތީގައި ދެންނެވިފައިވާ އުމުރުފުރާތަކަށް ފެތޭ ކުދިންގެ ތެރެއިން 2022-2023 ވަނަ އަހަރު މިސްކޫލުގެLKG ، UKG އަދި ގްރޭޑް1 ށް ވައްދަން ބޭނުންވާ ދަރިވަރުންގެ އެޑްމިޝަން ފޯމް ފުރިހަމަ ކުރައްވާ، 2022 މެއި 30 ވަނަ ދުވަހުގެ 14:00 ގެކުރިން ސްކޫލުގެއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.