މަސައްކަތް
ނަންބަރު: (IUL) C-352/2022/27
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2022
ޕަބްލިޝްކުރި ގަޑި: 23:25
ސުންގަޑި: 26 މޭ 2022 13:00
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.ދަނގެތީ ސަގާފީމަރުކަޒްގެ ޑިޒައިންސް، ޑްރޯވިންގސް އަދި ބީ.އޯ.ކިޔޫ ނިންމައިދޭނެ ފަރާތެއް ހޯދުން:

މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އދ.ދަނގެތީ ސަގާފީމަރުކަޒްގެ އާކިޓެކްޗަރަލް ޑިޒައިންގ، އިންޓީރިއޯ ޑިޒައިން، ސްޓްރަކްޗަރަލް ޑިޒައިން، ޑީޓެއިލްސް ޑްރޯވިންގސް، ސާރވިސް ޑްރޯވިންގސް އަދި ބީ.އޯ.ކިޔޫ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރުމަށްފަހު، މިމަސައްކަތް، މިއިދާރާއިން ކަނޑައަޅާ ތާރީޚަކަށް ނިންމައިދެވޭނެ އަންދާސީ ހިސާބު ހުށަހެޅުމަށް، މިފުރުޞަތު ހުޅުވާލަމެވެ.

          އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 23 މެއި 2022 ވާ ހޯމަ ދުވަހުން ފެށިގެން 26 މެއި 2022 ވާ ބްރާސްފަތި ދުވަހުގެ 09:00 ން 13:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީ-މެއިލް އެޑްރެސް [email protected] އަށް މެއިލް މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އަދި ދެންނެވިފައިވާ ގަޑީގައި މި އިދާރާގެ ނަންބަރ 6680888 އާއި ގުޅުއްވައިގެން ރަޖިސްޓަރީ ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

  • މަޢުލޫމާތު ދިނުން އޮންނާނީ 31 މެއި 2022 ވާ  އަންގާރަ ދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.
  • އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.
  • އަދި ބިޑްހުށަހެޅުމަށް ގިނަބަޔަކަށް ފުރުޞަތު ދިނުމުގެ ގޮތުން އޮންލައިން  ގޫގަލްމީޓް މެދުވެރިކޮށްވެސް، މަޢުލޫމާތުދިނުން މިއިދާރާގައި ކަނޑައެޅިފައިވާ ގަޑީގައި ކުރިއަށް ގެންދެވޭނެއެވެ. މަޢުލޫމާތު ޝެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ގޫގަލް މީޓް މެދުވެރިކޮށް، މަޢުލޫމާތު ސެޝަނުގައި ބައިވެރިވެ ލައްވާ ފަރާތްތައް ރަޖިސްޓްރީކުރުމުން އޮންލައިން ގޫގަލްމީޓްގެ ލިންކް ޙިއްޞާކުރެވޭނެއެވެ. މައުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
19 މޭ 2022