ދިވެހިރާއްޖެ
ތަޢާރުފާއި ނަން |
|
(ހ) |
މި އުސޫލު އެކުލަވާލީ ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯއްޗާއި ، ސަރުޢީގޮތުން ބައިކޮށް ލިބިދެވޭ ބަންޑާރަ ގޯއްޗަކުން ބަޔެއް ރަޖިސްޓްރީކުރަން އެދި ހުށަހަޅާ މަސްއަލަތަށް އަވަސްކަމާއެކު އެއް އުސޫލަކުން ނިންމާ ދިނުމަށާއި އަދި ކަމާއި ބެހޭ އާންމު އުސޫލެއް އެކުލަވާލައި އާންމުކުރުމުން ކަންކުރަންވީގޮތް ލިޔުމުން ފެންނަ ގޮތް ހެދުމަށާއި ، ލިޔުމާއި އެއްގޮތަށް ކަންކުރުމަށް ރަށުގެ ރައްޔިތުންނަށާއި ކަމާއި ގުޅޭ އިދާރީ މަސައްކަތްކުރައްވާ މުވައްޒަފުންނަށް ފަސޭހަކުރުމަށްޓަކައެވެ. |
|
|
|
|
(ށ) |
މި އުސޫލަށް ކިޔާނީ، " ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯތި ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔެއް ރަޖިސްޓްރީކުރުމަށް ހުށަހަޅާ މަސްއަލަތަކުގައި ޢަމަލުކުރާނެ އުސޫލު" އެވެ. |
|
|
|
(ނ) |
މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. |
ރަޖިސްޓްރީކުރުމަށް ހުށަހެޅުން |
2.1 |
|
ޝަރުޢީގޮތުން ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯއްޗާއި ނުވަތަ ބަންޑާރަ ގޯތި ބައިކޮށްގެން ޝަރުޢީގޮތުން ލިބޭ ބައި ރަޖިސްޓްރީކުރަން ހުށަހަޅުއްވަވާނީ ތިރީގައިވާ ގޮތުގެ މަތީން ތިރީގައި ބުނެފައިވާ ތަކެއްޗާއި އެކުގައެވެ. |
|
|
|
|
(ހ) |
ޝަރުޢީ ހުކުމްގެ ކޮޕީ |
|
|
|
(ށ) |
ބައިކުރެވޭ ބަޔަށް ކިޔުމަށްޓަކައި ގޯތި ގޯއްޗަށް ނަންކިޔުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އުސޫލުތަކަށް ފެތޭ ނަމެއް
|
ރަޖިސްޓްރީ ހަދާ ދިނުމުގެ ކުރިން އިދާރާއިން ކުރަންޖެހޭ ކަންކަން |
3.1 |
|
ޝަރުޢީ ހުކުމަކާއި އެއްގޮތަށް ގޯތި ބައިކޮށްދީ ކަންމުޑި ޖަހާދިނުމާއި އެކު އިންވަކިކުރާ ފާރު ރާނަށް ތަނުގެ ވެރިފަރާތަށް އަންގަންވާނެއެވެ. |
|
|
|
3.2 |
|
އިންފާރު ރޭނުމުގެ ކުރިން އިންފާރު ރޭނުމަށް ކޮނެފައިވާ ކޯރު ޗެކުކުރުމާއި ، މިންހަމަވޭތޯ ބެލުމަށްފަހު މިންހަމަވާނަމަ އިންފާރު ރޭނުމުގެ ހުއްދަ ދޭންވާނެއެވެ. |
|
|
3.3 |
|
ބައިކުރެވުނު ބަންޑާރަ ގޯއްޗަކީ ވަކިވަކި ބައިތަކަކަށް ބައިކުރެވިފައިވާ ގޯއްޗެއް ނަމަ ޝަރުޢީގޮތުން ބައިކުރެވިފައިވާ ކޮންމެ ބަޔަކަށް ވަދެ ނިކުތުމަށްޓަކައި މަގަށް ދޮރު (ދޮރުއަށި) ކަނޑާ ނަންބޯޑު ހަރުކުރަން އަންގަންވާނެއެވެ. އަދި ނަންބޯޑު ހަރުކޮށްފައި ހުރިތޯ ބަލަންވާނެއެވެ. |
|
|
3.4 |
|
ބައިކުރެވުނު ބަންޑާރަ ގޯއްޗަކީ ވަކިވަކި ބައިތަކަކަށް ބައިކުރެވިފައިވާ ގޯއްޗެއް ނަމަ ޝަރުޢީގޮތުން ބައިކުރެވިފައިވާ ބައިތަކަށް ވަދެ ނުކުތުމަށްޓަކައި މަގެއް ނުވަތަ ގޯޅިއެއް ކަނޑަންޖެހޭނަމަ ރަޖިސްޓްރީ ހަދައި ދޫކުރަންވާނީ މަގު،ގޯޅި، ކެނޑުމަށްފަހުގައެވެ. |
|
|
3.5 |
|
ބައިކުރެވޭ ބަންޑާރަ ގޯއްޗަކީ 2 ބަޔަށް ބައިކުރެވޭ ގޯއްޗަކަށްވެފައި ، ބައިކުރެވުނު ގޯތީގެ ރަޖިސްޓްރީ ހެދުމުގެ ކުރިން ވެރިފަރާތްތަކުގެ ތެރެއިން ފަރާތެއް ނިޔާވެފައި ، އެ ގޯއްޗަކީ ކޯޓަށް ހުށަހަޅައިގެން އެ ތަނުން އެއް ފަރާތަކަށް ތަރިކައިން ލިބޭނެ ބިމެއްކަމުގައި ކަށަވަރުވާނަމަ ޝަރުޢީ ކޯޓުގެ ހުކުމުގެ ކޮޕީއާއި އެއްގޮތަށް 2 ރަޖިސްޓްރީ ހަދައި ދޫކުރަންވާނެއެވެ. މިފަދަ ހާލަތުގައި މި މާއްދާގެ 3.1،3.2،3.3،3.4 އަމަލުކުރާކަށް ނުޖެހޭނެއެވެ. |
ރަޖިސްޓްރީ ހެއްދުމަށް ނަގާ ފީ އާއި ޖޫރިމަނާ |
4 |
4.1 |
|
ޝަރުޢީ ކޯޓުގެ ގަޟިއްޔާއަކުން ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯތި ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔެއް ލިބިގެން ރަޖިސްޓްރީ ހައްދަންޖެހޭ ފަރާތްތަކުން މި އުސޫލަށް ޢަމަލުކުރަން ފެށުމާއި އެކު 6 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ހެއްދުމަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ހުށަހަޅުއްވަންވާނެއެވެ. ހުށަހަޅުއްވަންވާނީ މި އުސޫލުގެ 2.1 ގެ (ހ) އަދި (ށ) ގައިވާ ތަކެއްޗާއި އެކުގައެވެ. މި ދެވުނު 6 މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީ ހެއްދުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓްރީ ހަދައި ދޫކުރާނީ އެއްވެސް ފީއެއް ނެގުމަކާ ނުލައެވެ. |
|
|
4.2 |
|
4.1 ވަނަ މާއްދާއިން ދެވުނު 6 މަސްދުވަސް ހަމަވުމަށްފަހު ( 19 ނޮވެމްބަރު 2022 ) ކުރީގެ ގަޟިއްޔާ އަކާއި ގުޅިގެން ރަޖިސްޓްރީ ހައްދާ ދޫކުރެވޭނީ ޖޫރިމަނާގެ ގޮތުގައި 500ރ ( ފަސްސަތޭކަ ރުފިޔާ ) ނެގުމަށްފަހުގައެވެ. |
|
|
4.3 |
|
4.1 ވަނަ މާއްދާއިން ދެވުނު 6 މަސްދުވަހުގެ ( 19 ނޮވެމްބަރު 2022 ) ފަހުން ، ކޯޓުގެ ގަޟިއްޔާއަކުން ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯތި ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔެއް ލިބިގެންވެސް ރަޖިސްޓްރީ ހަދައި ދޫކުރުމަށް އިދާރީ ފީގެ ގޮތުގައި -/75ރ ( ހަތްދިހަ ފަސްރުފިޔާ ) ނެގޭނެއެވެ. މި ގޮތަށް ފައިސާ ނެގޭނީ ގަޟިއްޔާ ނިންމި ތާރީޙުން ފެށިގެން ރަޖިސްޓްރީ ހެއްދުމަށް 3 މަސްދުވަހުގެ ތެރޭގައި އެދޭ ފަރާތްތަކުގެ އަތުންނެވެ. ކޯޓުގެ ގަޟިއްޔާ ނިންމާތާ 3 މަސްދުވަސް ( ބަންދު ދުވަސްތަށްވެސް ހިމަނައިގެން ) ތެރޭގައި ރަޖިސްޓްރީ ހައްދަން ހުށަނާޅާ ، އޭގެ ފަހުން ރަޖިސްޓްރީ ހައްދަން ހުށަހަޅައިފިނަމަ ރަޖިސްޓްރީ ހައްދާ ދޫކުރެވޭނީ -/250 ( ދުއިސައްތަ ފަންސާސް ރުފިޔާގެ ) ޖޫރިމަނާއެއް ނެގުމަށްފަހުގައެވެ. |
|
|
4.4 |
|
ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯތި ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔެއް ލިބިގެން މި އިދާރާއިން ހަދާ ދޫކޮށްފައިވާ ރަޖިސްޓްރީ އެއް ބާވެގެން އާކުރާނަމަ ނުވަތަ ވެރި ފަރާތް ބަދަލުވެގެން ހައްދާނަމަ އާކޮށްދެވޭނީ އިދާރީ ފީއެއްގެ ގޮތުން -/75 ( ހަތްދިހަ ފަސްރުފިޔާ ) ނެގުމަށްފަހުގައެވެ. |
|
|
4.5 |
|
ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯތި ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔެއް ލިބިގެން މި އިދާރާއިން ހަދާ ދޫކޮށްފައިވާ ރަޖިސްޓްރީ އެއް ގެއްލިގެން ހައްދާނަމަ ހައްދާދެވޭނީ އިދާރީ ފީއެއްގެ ގޮތުން -/250 ( ދުއިސައްތަ ފަންސާސް ) ރުފިޔާ ނެގުމަށްފަހުގައެވެ. |