ދިވެހިރާއްޖެ
(IUL)403-A/403/2022/90 :ނަންބަރު
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ލ.މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ މިއިދާރާއިންކުރި ނަންބަރު: (IUL)403-A/403/2022/63 )17 އޭޕްރީލް 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 3 ވަނަ ފަހަރަށް އިޢުލާން ކުރީމެވެ. މި ޕްރޮޖެކްޓާއިގުޅޭ ބީލަން ޑޮކިއުމަންޓްތައް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
ތަފްޞީލް |
ދުވަސް |
ގަޑި |
ތަން |
ބީލަމުގައި ރަޖިސްޓްރީވުން |
22 މެއި 2022 އިން 25 މެއި 2022 އަށް |
10:45 އިން 13:45 އާއި ދެމެދު |
ލ.މާމެންދޫ ކައުންސިލް އިދާރާ |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
31 މެއި 2022 (އަންގާރަ) |
13:00 ގައި |
ލ.މާމެންދޫ ކައުންސިލް އިދާރާ |
ބީލަން ހުށަހެޅުން |
07 ޖޫން 2022 (އަންގާރަ) |
13:00 ގައި |
ލ.މާމެންދޫ ކައުންސިލް އިދާރާ |
މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 މެއި 29 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ފޭސްބުކް ޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށް ދީފައިވައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލް ކުރެވިދާނެއެވެ. ބީލަން ފޮތް، 01 ޖޫން 2022 ވާ ބުދަ ދުވަހުން ފެށިގެން 06 ޖޫން 2022 ވާ ހޯމަ ދުވަހުގެ 10:00 އާއި ހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 ރުފިޔާ އެވެ.
* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ
* އީމެއިލް: [email protected]
* ފޯން: 6800705
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
18 ޝައްވާލު 1443ހ
19 މެއި 2022މ