ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)417-ESMS/417/2022/47
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2022
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 25 މޭ 2022 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (އިޖުތިމާޢީ ސަރައްދު)

އިޢުލާން

މަޤާމު

މަސައްކަތު (އިޖުތިމާޢީ ސަރައްދު)

ބޭނުންވާ ޢަދަދު

2 (ދޭއް)

މަޤާމުގެ ބާވަތް

ކޮންޓްރެކްޓް (މިވަޒީފާ އަކީ ސިވިލް ސަރވިސްގެ ވަޒީފާއެއް ނޫނެވެ.)

ވަޒީފާ އަދާކުރަން ޖެހޭ ތަން

ހޯނޑެއްދޫ ކައުންސިލް އިދާރާ

މަހު މުސާރަ / އުޖޫރަ

މަސައްކަތު ނިކުންނަ ދުވަހެއްގެ ގަޑިއަކަށް 33.65 (ތިރީސް ތިންރުފިޔާ ފަސްދޮޅަސް ފަސްލާރި)

މަސައްކަތު ގަޑި

ހެނދުނު 08:00 އިން މެންދުރު 12:00 އަށް

އިތުރު ޢިނާޔަތް

ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ރަމަޟާން އެލަވަންސް.

ކޮންޓްރެކްޓް ކުރެވޭ މުއްދަތު

މީލާދީ 06 (ހައެއް) މަސްދުވަސް

  • މަސައްކަތަށް ރަނގަޅުނަމަ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކޮންޓްރެކްޓް މުއްދަތު އިތުރުކުރެވޭގޮތަށް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ގދ.ހޯނޑެއްދޫގެ އިޖުތިމާޢީ ސަރަޙައްދުގެ ތެރޭގައި ހިމެނޭ، މަގުތަކާއި، ބަނދަރު ސަރަޙައްދާއި، ކުޅިވަރު ކުޅޭ ސަރަޙައްދު، ފަދަ ތަންތަން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ސާފުކޮށް ބެލެހެއްޓުން.
  2. ރަށުގެ ބަނދަރު ޞަރަޙައްދު (ޖެޓީގެ އުތުރު، ދެކުނު އަދި ހުޅަނގު ފަރާތު) ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  3. ޢާއްމުކޮށް ކުޅިވަރު ކުޅުމަށް ޚާއްސަކުރެވިފައިވާ ސަރަޙައްދާއި، މީހުން އެއްވާ ސަރަޙައްދުގެ ގޮތުގައި ބޭނުން ކުރަމުންދާ ސަރަޙައްދު ތަކުގެ ތެރެއިން އެހެން މުވައްޒަފުން ދުވަހުން ދުވަހަށް ސާފުކުރާ ސަރަޙައްދުގެ ތެރޭގައި ނުހިމެނޭ މިފަދަ ސަރަޙައްދު ތަކުގެ ވިނަ ނޮޅައި ގަސްކޮށައި ކުނި ނަގައި ސާފުކޮށް ބެލެހެއްޓުން.
  4. ރަށުގެ އުތުރުން ދެކުނަށް އަދި ދެކުނުން އުތުރަށް އޮތް އަމީނީމަގުގެ އުތުރު ކޮޅާއި ދެކުނުކޮޅުގެ މީހުން ދިރިއުޅޭ ގޯތިތައް ނުހިމެނޭ ސަރަޙައްދުގެ ވިނަގަސް ކޮށައި ކުނި ނަގައި ސާފުކޮށް ބެލެހެއްޓުން.
  5. ރަށުގެ ބޯޅަދަނޑު ވަށައިގެންވާ މަގުތަކުގެ 2/1 ވަށައިގެން ހިމެނޭ ސަރަޙައްދުގެ ވިނަގަސް ކޮށައި ކުނި ނަގައި ސާފުކޮށް ބެލެހެއްޓުން.
  6. ހުރިހާ ބާވަތެއްގެ ކުންޏެއް ގެންދަންވާނީ ކުނިގޮޑަށް ނުވަތަ ކައުންސިލުން އެވަގުތަކު ކަނޑައަޅާ ސަރަޙައްދަކަށެވެ.

މަޤާމުގެ ޝަރުޠުތައް

ލިޔަންކިޔަން އެނގުން

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމް އިޢުލާނާއެކު ގެޒެޓުން އަދި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އައިޑީ ކާޑު ނެތްނަމަ އުފަންދުވަހުގެ ސެޓްފިކެޓު،  ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސުގެ ކޮޕީ)
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ؛
  4. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ސާފު ކޮޕީ (އަދާކުރި ވަޒީފާގެ މަސައްކަތްތައް އެނގޭގޮތަށް އަދި ތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ޢަދަދު އެނގޭލިޔުންތައް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލުމީހާ ހޮވުމުގައި ބަލާނީ ތިރީގައިމިވާ ކަންތައްތަކަށެވެ.

  1. ތަޢުލީމް
  • ނޯޓް: ވަޒީފާގެ ޝަރުޠު ހަމަކުރުމަށް ބޭނުންކުރެވޭ ސެޓްފިކެޓްތަކަށް މާކްސް ނުލިބޭނެއެވެ.
  1. މަސައްކަތުގެ ތަޖުރިބާ %30 (މަޤާމުގެ މަސައްކަތު ދާއިރާއާ ގުޅޭ ތަޖުރިބާ، އަދި އަދާކުރި / އަދާކުރާ ވަޒީފާގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް އަދި ވަޒީފާ އަދާކުރި / އަދާކުރާ ތަނުގެ މުވައްޒަފުންގެ ޢަދަދު އެނގޭނެ ލިޔުންތައް ފިޔަވައި އެހެން ލިޔުންތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިނުވެއެވެ.)
  2. ލިބިފައިވާ ހުނަރު (ޤާބިލް ކަމަށް ކަށަވަރު ކުރުމަށް ކުރެވޭ އިންޓަވިއު) %60

ނޯޓް: މިމަޤާމަށް މީހަކު ހޮވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން މަދުވެގެން ޖުމްލަ %30 ލިބިގެންނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 މެއި 25 ވަނަދުވަހުގެ 14:00 ގެ ކުރިން، މިއިދާރާ (ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ، 2022 މެއި 26  ވަނަ ދުވަހާއި 2022 ޖޫން 02 ވަނަ ދުވަހާއި ދެމެދު ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް، އާންމުކޮށް ފެންނާނެހެން މި އިދާރާގައި ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޕޮއިންޓް ލިބުނުގޮތުގެ ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840015 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

18 މޭ 2022