ދިވެހިރާއްޖެ
އިޢުލާނު
|
|
މަޤާމު: |
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-327854 |
ބޭނުންވާ އަދަދު: |
1 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
އެމް. އެސް 2 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 2 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ / ކ. މާލެ |
މުސާރަ: |
-/6295 |
ސަރވިސް އެލަވަންސް: |
-/2000 |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. 2. މިނިސްޓްރީން އެކި އޮފީސްތަކާއި އެނޫންތަންތަނަން ހަވާލުކުރަންޖެހޭ ލިޔެކިއުން އަދި އެނޫންތަކެތި ޤަވާއިދުން ހަވާލުކުރުވުމާއި އެތަކެތީގެ ރިކޯޑް ބެލެހެއްޓުން. 3. އޮފީހުގެ މީޓިންގތަކަށް ދަތި ނުވާނެހެން މީޓިންގ ރޫމްތައް ތައްޔާރު ކުރުވުމާއި މީޓިންގ ރޫމުގައި ހުންނަންޖެހޭ ތަކެތި ބަރާބަރަށް ހުރޭތޯ ދުވަހުން ދުވަހަށް ބަލާ ޗެކުކުރުން. 4. މިނިސްޓަރ،ސްޓޭޓް މިނިސްޓަރ، ޑެޕިއުޓީ މިނިސްޓަރ އަދި ޕާރމަނަންޓް ސެކްރެޓެރީގެ ދަތުރު ފުޅުތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެ ދިނުން. 5. އޮފީހުގެ ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު ހޯދައި، ޔައުމިއްޔާ ދުވަހުންދުވަހަށް ލިޔެ ވެރިންލައްވާ ސޮއިކުރުވުމުގެ މަސައްކަތާއި އޮފީހުގެ އަހަރު ރިޕޯރޓް އަދި ދާއިރާގެ އޮފީސްތަކުގެ އަހަރު ރިޕޯރޓް ލިއުމުގައި އެހީތެރިވެދިނުން. 6. މިނިސްޓްރީ އާއި މިނިސްޓްރީގެ ބެލުމުގެ ދަށުންހިނގާ ބައެއް އޮފީސްތަކުގެ މެއިންޓެނަސްމަސައްކަތް،ފޮޅާސާފުކުރުން، ސެކިއުރިޓީ ބެލެހެއްޓުން،ފަޔައެލާމް އަދި AC ފަދަ މަސައްކަތް ކުރެވެމުންދާއިރު ސެކުސަނުގެ ފަރާތުން އެމަސައްކަތައް އެހީތެރިކަން ބޭނުންވެއްޖެ ނަމަ އެކަމަށް އެހީތެރިކަން ދިނުން 7. 8. އޮފީސް ހުޅުވާ ލެއްޕުން ހަވާލު ކުރެވިއްޖެނަމަ އޮފީހުގެ މަސައްކަތައް ދަތި ނުވާނެ ގޮތެއްގެ މަތިން އޮފީސް ހުޅުވާ ލެއްޕުން. 9. ސެކްޝަނަން އަންނަ އެންމެހާ ލިޔެކިއުންތަކާއި އޮފީހުގެ ދުވަސްވީ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުމާއި، އަދި އޮފީހުގެ ލައިބްރަރީގެ ފޮތްތަކުގެ ރިކޯޑްސް ބެލެހެއްޓުމާއި އޮފީހުގެ ފަރާތުން ބާއްވާ އެކި އެކި ރަސްމިއްޔާތުކަށް ދޭންޖެހޭ އެހީތެރިކަން ދިނުން. 10. އެޑްމިން ސެކްޝަނުގެ ބަޖެޓް ތައްޔާރުކުރުމުގައި ދޭންޖެހޭ އެހީތެރިކަންދީ އޮފީސްހިންގުމަށް ބޭނުންވާ ތަކެތީގެ ސްޓޮކް ބެލެހެއްޓުމުގައި އަދި ސްޓޮކުން ދޫކުރަންޖެހޭ ތަކެތި ދޫކުރުމުގައި އެހީތެރިކަމެއް ބޭނުންވެއްޖެނަމަ އެފަދަ އެހީތެރިކަން ދިނުން. 11. އޮފީހަށް ވަޑައިގަންނަވާ އެކި އެކި ޑެލިގޭޝަންތަކަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި އެކު އޮފީހުގަ ބޭއްވޭ އެކި އެކި މީޓިންގތަކަށް ފޯރުކޮށްދޭންޖެހޭ ފެނާއި ކޮފީގެ ޚިދުމަތް ފޯރުކޮށްދެވޭނެ އެންމެހާ އިންތިޒާމުތައް ރާވާ ހިންގާ އެކަން ހިނގާ ނުހިގާގޮތް ބަލާ މޮނިޓަރކުރުން. 12. ޑިރެކްޓަރ ޖެނެރަލް އަދި ނައިބުން ފެށިގެން ދަށުގެ މަގާމުތަކުގެ ތިއްބަވާ މުވައްޒަފުންގެ ތެރެއިން ކޮޓަރި ހަމަޖެހިފައިވާ ބޭފުޅުންގެ ކޮޓަރީގައި ހުންނަންޖެހޭ ތަކެތި ބަރާ ބަރަށް ހުރޭތޯ ބެލުމާއި ތަކެތި ނެތްނަމަ ބޭނުންވާ ތަކެތި ކޮޓަރިތަކަށް ލުމުގެ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުން. 13. މިނިސްޓަރ،ސްޓޭޓް މިނިސްޓަރ އަދި ޑެޕިއުޓީ މިނިސްޓަރުންގެ ސެކްޓެރިއޭޓް މަސައްކަތުގައި މުވައްޒަފުން މަދުވެއްޖެ ހާލަތެއްގައި އެމަސައްކަތައް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
14. 15. ސްޓޭޓްމިނިސްޓަރ ،ޑެޕިއުޓީ މިނިސްޓަރ އަދި ޕަރމަނަންޓް ސެކްރެޓަރީ ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ދޭންޖެހޭ އެހީތެރިކަން ދިނުން. 16. ސެކްޝަނުގައި މަސައްކަތް ކުރައްވާ މުވައްޒަފުން ސަލާމާއި ޗުއްޓީގައި ތިއްބަވާއިރު އެމުވައްޒަފުން ކުރަމުން ދިޔަމަސައްކަތާއި ހަވާލުވާންޖެހިއްޖެނަމަ އެމަސައްކަތަކާއި ހަވާލުވެ އިސްވެރިންގެ ލަފާގެ މަތިން އެމަސައްކަތެއް ކުރުން. 17. މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އޮފީސްތަކަށް ރާއްޖޭން ބޭރުން ގެންނަންޖެހޭ މީހުން ގެނައުމަށް ސެކްޝަނުން ކުރެވެމުންދާ މަސައްކަތައް އެހީތެރިކަމެއް ބޭނުންވެއްޖެނަމަ އެމަސައްކަތެއް ކޮށްދިނުމާއި، މިނިސްޓްރިގެ ބެލުމުގެ ދަށުގައި ތިއްބަވާ ބޭރުމުވައްޒަފުގެ ވޯރކްވިސާ،ޕާސްޕޯރޓް،ވޯރކްޕާމިޓް ފީ ދެއްކުމުގައި އަދި ރެކޯރޑްތައް ބެލެހެއްޓުމުގައި ސެކްޝަނަން އެހީތެރިކަން ދިނުން.
|
މަޤާމުގެ ޝަރުޠުތައް: |
|
ތަޢުލީމީ ރޮނގު(ތައް):
ޕްރިފަރޑް ޑިސިޕްލިން(ތައް) :
ކޯ ޑިސިޕްލިން(ތައް):
|
|
ގުޅޭވަޒީފާގެ ދާއިރާތައް:
(ސިވިލް ސަރވިސް ކޮމިޝަނުން މަޤާމަށް ކަނޑައަޅާފައިވާ މަސައްކަތުގެ ދާއިރާ(ތައް):
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 މޭ 2022 ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް 10 ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނީ، 31 މޭ 2022 އާއި 16 ޖޫން 2022 އާ ދެމެދު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ3018329 ، 3018326 ،3018328 އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |