ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)297/297/2022/55
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2022
ޕަބްލިޝްކުރި ގަޑި: 09:38
ސުންގަޑި: 30 މޭ 2022 14:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޮއިމަންޓްގެ ދަށުން ވެލިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓިގެ ގްރީން ހައުސްގައި މަސައްކަތްކުރާނެ މީހަކު ބޭނުންވެއްޖެ

ނަމްބަރ: (IUL)297/297/2022/55

އިޢުލާން

ވޭޖް އެމްޕްލޮއިމަންޓްގެ ދަށުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ގްރީން ހައުސްގައި މަސައްކަތް ކުރާނެ މީހަކު ބޭނުންވެއްޖެ

ވޭޖް އެމްޕްލޮއިމަންޓްގެ ދަށުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ގްރީން ހައުސްގައި މަސައްކަތް ކުރާނެ މީހުންބޭނުންވެއްޖެ

މަޤާމް:                         މަސައްކަތު

ބޭނުންވާ އަދަދު:                   1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން :            އަންހެން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ގްރީން ހައުސް

މަސައްކަތްކުރުމަށް ހަމަޖެހިފައިވާގޮތް:      ދުވާލަކު 3 (ތިނެއް) ގަޑިއިރު 

މަޤާމުގެ މުސާރަ:                   -/2000 (ދެހާސްހާސް) ރުފިޔާ

މުއްދަތު:                        1 (އެކެއް) އަހަރު

އުޖޫރައާއި އިނާޔަތްތައް:    މުވައްޒަފުންނަށްދެވޭޢިނާޔަތްތަކާއި، (ހަމަޖެހިފައިވާ އުޞޫލާއެއްގޮތްވާ ގޮތުގެމަތިން)އިތުރުގަޑީގައި މަސައްކަތްކޮށް ފިނަމަ އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

ޔުނިޓް:                ނ.ވެލިދޫކައުންސިލްގެ އިދާރާ / ކޯޕަރޭޓް އެފެއާޒް

1-      މަޤާމުގެ ޝަރުޠުތައް:

-     ލިޔަންކިޔަން ، ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުމާއި އެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހުން ކަމުގައިވުން.

2-      މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1. ގްރީން ހައުސް ސާފުކޮށް ބެލެހެއްޓުން

2. ގްރީން ހައުސްގައި ގަސްއިންދާ ބެލެހެއްޓުން

3. ހަމަޖެހިފައިވާ އުސޫލުން ބަނދަރު ޕޮޓުތަކުގެ ގަސްތައް ބެލެހެއްޓުން

މީހުންހޮވުމުގައި ބަލާނެކަންތައްތައް

ވަޒީފާގެ މަސައްކަތާގުޅޭގޮތުން ލިބިފައިވާ ހުނަރު / ތަޖުރިބާ

ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

-   މަސައްކަތުގެ ދާއިރާއިން/ ލިބިފައިވާ ހުނަރު / ތަޖުރިބާ

-   މަސައްކަތްކުރަންދަންނަ މިންވަރު

  އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

-  މިމަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަވިއުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2022 ޖޫން މަހުގެ ކުރީކޮޅުގެ ތާރީޚެއްގައި ވެލިދޫކައުންސިލްގެ އިދާރާގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު  30  މެއި 2022 ވާ ހޯމަދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،  އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށްލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ) އަދި މަސައްކަތު ތަޖުރިބާދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާލިޔުންތައް. 

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ ، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). 

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6563800 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލް ކުރައްވާނީ  [email protected] އަށެވެ.

19 މެއި 2021  

 

 

 

19 މޭ 2022