ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MHCL-HRM/1/2022/5
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2022
ޕަބްލިޝްކުރި ގަޑި: 16:06
ސުންގަޑި: 25 މޭ 2022 15:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ފަރާތުން 1443ހ. ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދެއްވާނެ ފަރާތްތައް، ތިރީގައި މި ދަންނަވާ މަޤާމްތަކަށް ބޭނުންވެއެވެ.

މިކުންފުނީގެ ފަރާތުން 1443ހ. ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދެއްވާނެ ފަރާތްތައް، ތިރީގައި މި ދަންނަވާ މަޤާމްތަކަށް ބޭނުންވެއެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެހީތެރިން (ފިރިހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • އަސާސީ ތަޢުލީމު ޙާޞިލްކޮށްފައިވާ ފާރާތެއްކަމުގައި ވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ޙައްޖުވެރިންނަށް ދޭންޖެހޭ އެންމެހައި މަޢުލޫމާތުތައް ދުވަހުން ދުވަހަށް ދެމުން ގެންދިއުން.
  • ދަތުރުގައި ޙައްޖުވެރިން އެހީތެރިކަން ބޭނުންވާ އެންމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ޙައްޖުވެރިންނަށް ދިމާވާ އެކިއެކި ކަންކަން، ޙައްޖު ކޯޕަރޭޝަންގެ އިސް މުވައްޒަފުންގެ އިރުޝާދުގެ ދަށުން ޙައްލުކުރުން.
  • ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.
  • ބާޒާރުކުރުމާ، ބާޒާރުން ގަންނަ ތަކެތި ހޮޓަލަށް ގެނައުމާ ގުދަންކުރުން.
  • ޙައްޖުގެ މަޝާއިރުތަކުގައި ޙައްޖުވެރިންނަށް އެހީތެރިވުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު (މިފޯމު ކޯޕަރޭޝަނުން އަދި ކޯޕަރޭޝަންގެ ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ކުރިން ޙައްޖު/ޢުމްރާގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާނަމަ އެކަން އަންގައިދޭ ރަސްމީ ލިޔުމެއް.

ސުން ގަޑި:

  • 25 މެއި 2022 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމްތަކަށް މީހުން ހޮވުމުގައި ޢަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ، ޙައްޖު އަދި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ.

އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

 

  • އެހީތެރިންގެ އަދަދު ކަނޑައެޅޭނީ މިކުންފުންޏަށް މިއަހަރު ލިބޭ ޙައްޖު ކޯޓާގެ އަދަދަށް ރިޢާޔަތްކުރުމަށްފަހުގަ އެވެ.

18 މެއި 2022

18 މޭ 2022